ޑރ. އައިޝާގެ މަންމާފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭކަނބަލެކެވެ. އަދި ބައްޕާފުޅަކީ ނިއުޒިލެންޑްގެ ބޭފުޅެކެވެ.
ލޭބާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ނިއުޒިލެންޑްގެ އިންތިހާބު ކާމިޔާބުކުރެއްވިއިރު ނިއުޒިލެންޑްގެ ގާނޫނު ހަދާއި މަޖިލީހަށް ޑރ. އައިޝާ އިންތިހާބު ކުރައްވާފައި ވަނީ ވެލިންޓަންގެ ގޮނޑިއަށެވެ.
ފުރަތަމަ ފަހަރަށް ނިއުޒިލެންޑްގެ އިންތިހާބެއްގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވިއިރު ޑރ. އައިޝާއަކީ އެ ގައުމުގެ ޔުނިވާސިޓީ އޮފް އޮޓާގޯގެ ސީނިއާ ލެކްޗަރާއެއް ވެސް މެ އެވެ. އަދި އިންޑޮނޭޝިއާ އާއި ސިންގަޕޫރު އަދި ނެދަލެންޑުން ވެސް ސިއްހީ ތަމްރީނުތައް ހޯއްދަވާފައިވާ ޑރ. އައިޝާ ވަނީ ވެލިންޓަންގެ ޑޮކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފަ އެވެ.
ނިއުޒީލެންޑަށް އުފަން އަދި އެގައުމުގައި އުޅެ ބޮޑުވި ޑރ. އައިޝާގެ އަތްޕުޅުގައި އެގައުމުގެ އިތުރުން ރާއްޖޭގެ ޕާސްޕޯޓް ވެސް އޮވެ އެވެ.