ads
ތޯމަސް ކޮސްކޯވިޗް ދަތުރުކުރި މަތިންދާ ބޯޓު ކޭބަލްތަކުގައި ތާށިވެފައި
ކަރަންޓް ކޭބަލްތަކެއްގެ މައްޗަށް ވެއްޓުނު ޕައިލެޓަކު ސަލާމަތްވެއްޖެ
ކަރަންޓް ކޭބަލްތަކެއްގެ މައްޗަށް ވެއްޓުނު ކުޑަ މަތިންދާ ބޯޓެއްގެ ޕައިލެޓަކު ހައިރާންކުރަނިވި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.
Advertisement
ކަރަންޓް ކޭބަލްތަކެއްގެ މައްޗަށް ވެއްޓުނު ކުޑަ މަތިންދާ ބޯޓެއްގެ ޕައިލެޓަކު ހައިރާންކުރަނިވި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

އެމެރިކާގެ މިނެސޯޓަގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި ސަލާމަތްވެފައިވަނީ މިނެސޯޓާއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ޕައިލެޓެއް ކަމަށްވާ ތޯމަސް ކޮސްކޯވިޗް އެވެ.

މިނެސޯޓާއަށް ކަރަންޓް ދިނުމަށް މަތިން އަޅާފައިވާ ކޭބަލްތަކުގައި ތޯމަސްގެ ބޯޓު ތާށިވީ ބޯޓުގެ ފުރޮޅު ކޭބަލް ތަކުގައި ތާށިވުމުންނެވެ.

ކޭބަލް ތަކުގައި ބޯޓު ތާށިވި ވަގުތު ހައިވޯލްޓޭޖު ކަރަންޓް ހުރި ކަމަށާއި ނަމަވެސް ކޭބަލްތަކުގައި ބޯޓު ތާށިވުމާ އެކު ޕައިލެޓް ސަލާމަތްކުރުމަށްޓަކައި ކޭބަލްތަކަށް ދީފައިވާ ކަރަންޓް ކަނޑާލެވުނު ކަމަށެވެ.

މިހާދިސާ ހިނގި ވަގުތު ބޯޓުގައި އިތުރު މީހަކު ނެތް ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ. އަދި މިހާދިސާގައި ޕައިލެޓް ސަލާމަތްވި އިރު އޭނާއަށް ވެސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.

ކަރަންޓް ކޭބަލްތަކުން ކޮރެންޓް ޝޮކެއް ނުލިބި ޕައިލެޓް ސަލާމަތްވުމުން ކަމާ ގުޅޭ އިދާރާތަކުން ވަނީ އެއީ "މުއުޖިޒާތެއް" ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިމައްސަލަ އާއި ގުޅޭ ތަހުގީގުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް މިނެސޯޓާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް