ads
އަލުން އެޗްޕީއޭގެ ހޮޓްލައިން 1676 އިން ހިދުމަތް ފަށައިފި
މިރޭ އިރުއޮއްސެނިކޮށް ހިދުމަތް މެދުކެނޑުނު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހިލޭ ގުޅޭ ނަންބަރު 1676 އިން އަލުން ހިދުމަތް ފަށައިފި އެވެ.

އެ އެޖެންސީގެ އިމަޖެންސީ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1676 ގެ ހިދުމަތް މެދުކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަަލައަކާއި ގުޅިގެންނެވެ. އެކަމަކު މީގެ ކުޑައިރުކޮޅެއް ކުރިން އަލުން ހިދުމަތް ފަށާއި ދިމާވި ދަތިތަކަށް ވަނީ މައާފަށް އެދިފަ އެވެ.

އެމަޖެންސީ ސާވިސް ނަންބަރު 1676 އަކީ މާލޭގައި މިވަގުތު ޕޮޒިޓިވެފައިވާ ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ގިނަ އަދެއްގެ ފަރާތްތަކެއް ތިބުމުން އެފަދަ ފަރާތްތަކަށް ވާސިލުވުމަށާއި އެހީތެރިވެ ދިނުމުގެ ގޮތުން ގުޅުމަށް ހަމަޖައްސާފައިވާ ނަންބަރެކެވެ.  

ބައްޔަށް ޕޮޒިޓިވްވެ އެއްވެސް ސަބަބަކާއި ހެދި އެފަދަ ފަރާތްތަކުގެ މޫވްމެންޓް އެޗްޕީއޭއަށް ނުބެލިވާ ފަރާތެއްވާނަމަ ނުވަތަ ހޮސްޕިޓަލަށް ނުގެންދެވިވާ ފަރާތްތަކުން އެއްވެސް ސިއްހީ ކަމެއް ދިމާވެއްޖެނަމަ 1676 ގުޅާއި އެކެއް ޖެހުމުން އެޗްޕީއޭގެ އެމެޖެންސީ މެޑިކަލް ސާވިސްއާ ވަގުތުން ވާހަކަ ދެއްކޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް