
ޕިންކްގެ ބަތަލާ ތާޕްސީ މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، ހަސީނާ ދިލްރުބާގެ ޝޫޓިންތައް ފަށާފަ އެވެ. އަދި އިންސްޓަގްރާމު މެދުވެރިކޮށް އެކަން އިއުލާންކުރިއިރު ތާޕްސީއާއެކު އެ ފިލްމުގައި ވިކްރަންތު މަސީ އާއި ހަރްޝްވަދަން ރާނޭ ވެސް މަސައްކަތް ކުރާނެ އެވެ.
އެ ފިލްމަކީ ވިނިލް މާތިއު ޑައިރެކްޓްކޮށް ނެރޭ ފިލްމެކެވެ.
މަސައްކަތަށް ނިކުތް ނަމަވެސް ތާޕްސީ ރާއްޖެ ވަރަށް މިސްވެ އެވެ. އޭނާ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ތާޕްސީ އޭނާގެ އާއިލާގެ ދެ މެމްބަރަކާއެކު ރާއްޖެއަށް އައީ ލޯބިވެރިޔާ ވެސް ގޮވައިގެންނެވެ.
ޗުއްޓީ ހޭދަކުރަން އެންމެ "ފޭވްރިޓް" މަންޒިލަކީ ރާއްޖެ ކަމަށް ބުނެ އިންސްޓަގްރާމު މެދުވެރިކޮށް ތާޕްސީ ވަނީ ރާއްޖޭގައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް ރާއްޖޭގައި ހުރެ ހިއްސާކޮށްފަ އެވެ.
ދެހާސް ތޭރަވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" އާއި "މިޝަން މަންގަލް" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.
ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން، ތާޕްސީ ވަނީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.