ކައުންސިލުން ބުުނީ ގާނޫނާއި ގަވައިދާ ހިލާފަށް ރަށުގައި އުޅޭ ބިދޭންސީންނާއި، ގަވާއިދާއި ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަށް އެ ރަށުގައި އުޅޭކަމަށެވެ.
އެހެންކަމުން ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭ ގޮތް ހެދުމަށާއި، އަދި ގަވައިދާ ހިލާފަށް ބިދޭސީން ގެނެސް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަށް އެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަކަމަށެވެ.
އަދި ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެފަދަ ބިދޭސީން ގަވާއިދަށް ގެނައުމަށް 20 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކުނަހަންދޫގައި އުޅޭ ބިދޭސީންނާއި އެމީހުން ގާނޫނާއި ހިލާފަަށް ގެންގުޅޭ މީހުންނަށް ގާނޫނީ އިމުގެ ތެރެއަށް އެ ބިދޭސީން ވެއްދުމަށް ދީފައިވާ މުއަދަތަކީ މިމަހުގެ އަށެއް ވާ ބުރާސްފަތި ދުވަހާއި ހަމަައަށެވެ. ކައުންސިލުން ވަނީ އެ ތާރީހުގެ ކުރިން އެރަށުގައި ގާނުނާއި ހިލާފަށް އުޅޭ ބިދޭންސީން ގަވާއިދަށް ގެނައުމަށް އަންގާފަ އެވެ.
އަދި އެ މުއްދަތުގެ ފަހުން ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް ކުނަހަންދޫގައި ނޫޅެވޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ބިދޭސީއެއް ރަށަށް ގެންނަނަމަ ރަށަށް ގެނައުމުގެ ކުރިން ރަށު ކައުންސިލަށް ބިދޭސީމީހާގެ ލިޔުންތައް ހުށައަޅާ ހުއްދަ ހޯދަންވާނެ ކަމަށެވެ.