ads
ސިރިންޖެއް--
ކޮވިޑް ވެކްސިނަށް ތައްޔާރުވުމަށް ޔުނިސެފުން 520 މިލިއަން ސިރިންޖު އެއް ކުރަނީ
ކޮވިޑް-19 ވެކްސިން ކާމިޔާބު ކަމާއެކު ތައްޔާރުވުމުގެ ކުރިން ސިރިންޖާއި އެހެން މުހިއްމު ތަކެތި ހޯދާ، ޔުނިސެފުން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ކޮވިޑް ވެކްސިން އައުމާއެކު ކޮންމެ ޑޯޒަކަށް ސިރިންޖެއް ވެސް ބޭނުން ވާނެ އެވެ. އެހެންކަމުން ޔުނިސެފުން މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން 520 މިލިއަން ސިރިންޖު އެއް ކުރުމަށެވެ.

ޔުނިސެފުން އަމާޒު ހިފާފައި ވަނީ އެއް ބިލިއަން ސިރިން ރައްކާ ކުރުމަށެވެ. މި މަސައްކަތުގެ ސަބަބުން ކޮވިޑް ވެކްސިން އައުމާއެކު ބޭނުންވާ ވަރަށް ގައުމުތަކަށް ސިރިންޖް ސަޕްލައި ކުރެވޭނެ އެވެ. 

ދުނިޔޭގެ އާބާދީއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިންގެ ޑޯޒް އުފެއްދިއްޖެ ނަމަ އެއް ބިލިއަން ސިރިންޖް ބޭނުން ވާނެ ކަމަށް ޔުނިސެފުން ލަފާ ކުރެ އެވެ. 

އެ އެއް ބިލިއަން ސިރިންޖުގެ އިތުރުން އެހެން ވެކްސިން ޕްރޮގްރާމުތަކަށް ބޭނުންވާ 620 މިލިއަން ސިރިންޖު ވެސް ޔުނިސެފުން ގަންނާނެ އެވެ.

"ފަހުން އަވަސް ދުވެލީގައި ކުރިއަށް ދިޔުމަށް މިހާރު ވެސް އަވަސް ފިޔަވަޅު އަޅަން ޖެހޭ. މި އަހަރު ނިމުމުގެ ކުރިން ބައި ބިލިއަން ސިރިންޖް ހޯދޭނެ އަދި އެ ސިރިންޖުތައް ފަސޭހައިން ސަޕްލައި ކުރެވޭނެ...،" ޔުނިސެފްގެ އެގްޒެކްޓިވް ޑިރެކްޓަރު ހެންރިއެޓާ ފޯ ވިދާޅުވި އެވެ. 

ޔުނިސެފުން ހޯދާ ސިރިންޖުތައް ބޭނުން ކުރާނީ ކޮވިޑް-19 ވެކްސިނަށް ހަދާފައިވާ ބައިނަލްއަގްވާމީ ކޮމިއުނިޓީ "ކޯވެކްސް" އަށެވެ. ރާއްޖެއަކީ ވެސް ކޯވެކްސްގެ މެމްބަރު ގައުމެކެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް