އަރުމޭނިއާ އާއި އަޒަރުބައިޖާނުން އެކަން ހާމަކޮށް މިއަދު ބުނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުން ނަގޯނޯ-ކަރަބަހް މައްސަލައިގައި ހުކުރު ދުވަހު އެމެރިކާގެ ވޮޝިންގްޓަންގައި އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ނަގޯނޯ-ކަރަބަހްގެ މައްސަލައިގައި ރަޝިޔާ އިން ވަނީ މެދުވެރިއެއްގެ ރޯލް އަދާކޮށް އަރުމޭނިއާ އާއި އަޒަރުބައިޖާނުގެ ދެމެދު އޮތް ހަމަނުޖެހުން ހުއްޓާލުމަށް ދެ ފަހަރެއްގެ މަތިން ވަގުތީ އެއްބަސްވުމެއް އެކުލަވާލައިފައެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން މެދުކެނޑޭ ގޮތެއް ނުވިއެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ސަރަހައްދުގެ ބާރުތައް ކަމަށްވާ ރަޝިޔާ އާއި ތުރުކީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓި، އަޒަރުބައިޖާނުގެ ތެލުގެ ވިޔަފާރި އަށް އަސަރުކުރާނެ ކަމުގެ ބިރު އެބަ އޮތެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މި ކަމާއި މެދު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.