ads
އިފުރު އެއާޕޯޓް--
އިފުރު އެއާޕޯޓާއި ރިސޯޓު ވިއްކާލަނީ 65 މިލިއަން ޑޮލަރަށް
ރ. އިފުރު އެއާޕޯޓާއި ރިސޯޓު 65 މިލިއަން ޑޮލަރު ވިއްކާލަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މީގެ ކުރިން ވެސް އިފުރު އެއާޕޯޓާއި، ރިސޯޓު ވިއްކާލުމަށް އެ ރަށުގެ ވެރިފަރާތް ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން އިއުލާންކުރި އެވެ. އޭރު ވެސް އެ ރިސޯޓް ވިއްކާލަން ނިންމާފައިވާ އަގަކީ އެއް ބިލިއަން ރުފިޔާ އެވެ. 

ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ އިން ވަނީ އިފުރުގައި އެއާޕޯޓެއް ތަރައްގީކުރަން އިފުރު އިންވެސްޓްމަންޓްސްއާއެކު ވެވުނު އެއްބަސްވުމުގައި ހިމަނާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށެއް ކަމަށްވާ ބ. ފުނަދޫ ވެސް އެއާޕޯޓާއި ރިސޯޓާއި އެކު ހިމަނާފަ އެވެ. އެ ރަށް ވެސް 50 އަހަރުގެ މުއްދަތަކަށް ވިއްކާލާނެ އެވެ. 

އިފުރު އެއާޕޯޓް ތަރައްގީ ކުރުމަށް އިފުރު އިންވެސްޓްމަންޓްސްއާއެކު 2011 ވަނަ އަހަރު ސަރުކާރުން ވީ އެއްބަސްވުމުގައި އެކުންފުންޏަށް ވަނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ތަރައްގީކުރުމަށް ތިން ރަށެއް ދީފަ އެވެ.

ދައުލަތުގެ ހިއްސާއެއް ހިމެނޭގޮތަށް އެގްރޯ މެރިން ނަމަކަށް ކިޔާ ކުންފުންޏަކާއެކު އުފެއްދި އިންވެސްޓްމަންޓްސްގެ މިހާރުގެ މައި ހިއްސާދާރުންނަކީ ކޯސްޓްލައިން ގްރޫޕެވެ.

އިފުރުގައި ހުންނަ ރިސޯޓުގައި 150 ވިލާ ތަރައްގީކޮށް ނިންމާފައި ވާއިރު، ރިސޯޓު ގަންނަ ފަރާތަކަށް އިތުރު 90 ވިލާ އެޅޭނެ ކޮންސެޕްޓް، ވިއްކާލުމުގެ އެއްބަސްވުމުގައި ހިމެނެ އެވެ. 

އެތަން ވިއްކާލަން އެންމެ ފުރަތަމަ އިއުލާންކުރިއިރު އެއްވެސް ފަތުރުވެރިއެއް އައިސްފައި ނުވާއިރު، އެ ރިސޯޓްގެ ލީސް ރައިޓްސް މި ވަގުތު އޮތީ ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ ކުންފުނީގެ ނަން މަތީގަ އެވެ. ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ ކުންފުނީގެ ނަން މަޝްހޫރު އެއް ރިސޯޓަކީ އަމިއްލަފުށްޓެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް