 
                                                                                                
                    އެޗްއާރުސީއެމްގެ ސީނިއާ ބިއުރޯ އޮފިސަރު ނަޖުމާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މިހާރު އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ތަހުގީގުކުރަމުންދާ މައްސަލައެއް ކަމުން އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށް ވިދާޅުވެ އެވެ.
އުމުރުން 31 އަހަރުގެ ސިދުރަތުﷲ މަރުވެފައި އޮއްވާ ފެނިފައި ވަނީ އިއްޔެ ހެނދުނު 10:40 ހާއިރު ރަސްފަންނު ސަރަހައްދުގެ މޫދުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު އެ ރަސްފަންނު ސަރަހައްދަށް ދިޔަ މީހުންގެ އެހީތެރިކަަމަށް ވެސް އެދިފަ އެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކުރަން ވަނީ އެދިފަ އެވެ.