ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ ގެއެއްގެ ބެލްކަނީގައި ފިރިހެނަކު ކުއްޖެއްގެ ގައިގާ ތަޅާއި، ގަދަކަމުން އެތެރެއަށް ވައްދާ މަންޒަރެވެ. އަދި ފިރިހެން މީހާގެ އަތުގައި ކޮނޑެއް ވެސް އޮވެ އެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ސަމާލުކަމަށް އައިސްގެން މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
މީގެ ކުރިން ވެސް ކުޑަކުދިންނަށް އަނިޔާކުރާ މިފަދަ ވީޑިއޯތައް ދައުރުވެ، ޖެންޑާއިން މައްސަލަ ބަލާފައިވެ އެވެ.