ކޮމިޝަންގެ ރިޕޯޓް ސައްޙަ: ސުއޫދު
26 ނޮވެންބަރ 2019 - 16:03:54
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓު ފުރިހަމަ ނޫން ކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން ރައްޔިތުން މަޖިލިހުގެ ބައެއް މެމްބަރުން އެ ރިޕޯޓު ސައްޚަ ކަމާމެދު ސުވާލު އުފައްދާފައި ވަނިކޮށް، ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމަށެވެ.
އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި، އެކަން ކުރުމަށް އެފަރާތްތަކުން ހަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާޢަތާ ގުޅިފައިއޮތް ޖިނާޢީ ކުށްކުރާ ގޭންގްއަކާ ކަން ކޮމިޝަންގެ ރިޕޯޓް އިން ވަރަށް ސާފުވާނޭ ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮން ބައެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކި ބަހުން އަދި ވޭތުވެދިޔަ ހަތް އަހަރު މޯލްޑިވުސް ޕޮލިސް ސަރވިސްއާއި ނޭޝެނަލް ކައުންޓަ ޓެރަރިޒަމް އިން އެއްކޮށްފައިވާ މައުލޫމާތު ތަކަކުން އެނގޭ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
އެހެންކަމުން އެ ރިޕޯޓަކީ ސައްޚަ އެއްޗެއް ނޫން ކަމަށް ބުނާނޭ އެއްވެސް ޖާގައެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް