ޖަމިއްޔަތުއްސަލަފާއި ޑރ. ޝަހީމް މުހައްމަދު އަލީ ސައީދަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

Advertisement
ޖަމިއްޔަތުއްސަލަފާއި ޑރ. ޝަހީމް މުހައްމަދު އަލީ ސައީދަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓް ދިރާސާކުރި 241 ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވަނީ އެ ރިޕޯޓްގައި ބައިވެރިވި 47 މެމްބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަކަމަށް 10 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.
241 ކޮމިޓީގެ ރިޕޯޓްގައި، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓްގައި ހުރި ކަންކަމަށްބަލާ ފިޔަވަޅު އަޅަންޖެހޭ 11 ކަމެއް ވަނީ ފާހަގަކޮށްފައެވެ.
އޭގެތެރޭގައި ޖަމިއްޔަތުއްސަލަފާއި، ރާއްޖޭގައި ހިންގާ އަލްޤައިދާގެ ޖަމާއަތާއި، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތާއި ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ ޖަމާއަތަށް ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިތުރު 36 ފަރާތަކަށްވެސް ފިޔަވަޅު އެޅުން ހިމެނެއެވެ. އޭގެތެރޭގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންވެސް ހިމެނެއެވެ.