ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލެވުނު މައްސަލައިގައި "ޑރ. އަފްރާޝީމްގެ އަދޭސް"ގެ ނަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅެމެއް ހައްދަވައިފި އެވެ.

Advertisement
ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލެވުނު މައްސަލައިގައި "ޑރ. އަފްރާޝީމްގެ އަދޭސް"ގެ ނަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅެމެއް ހައްދަވައިފި އެވެ.
ރައީސް ނަޝީދުގެ މި ޅެން ސޯޝަލް މީޑިއާގައި އާއްމު ވުމާއި އެކު، ގިނަ ބައެއްގެ ސަމާލުކަން ވަނީ މިޅެމަށް ލިބިފައެވެ.
ރައީސް ނަޝީދުގެ ޅެމުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، ދީނީ ގޮތުން ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލުތައް ބަލައިނުގަނެވޭނެ ވާހަކަ އެވެ. އަދި މީގެ އިތުރުން ކުޑަކުދިންނާއި އަންހެނުންގެ ހައްޤުތަކާއި ގުޅޭގޮތުންވެސް ޅެމުގައި އަލިއަޅުވާލާފައިވެއެވެ. އަދި ދީނުގެ ކަންކަމުގައި މެދު މިނަށް އިސްކަންދިނުމާއި ގުޅޭގޮތުން ވެސް މި ޅެމުގައި ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓް އާންމުކޮށްފައިވާއިރު، އެ މަރުގެ ފަހަތުގައި ވަނީ ދީނީ ގޮތުން ހަރުކަށި ކިޔުރުގެ ބަޔަކު ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ މައްސަލައަށް ފަހު، ދީނީ ގޮތުން ހަރުކަށި ހައްދުފަހަނައަޅާފައިވާ މީހުންގެ އަމަލުތައް ބަލައިނުގަނެވޭނޭ ކަމަށާއި އެމީހުނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ގިނަ މެމްބަރުން އަންނަނީ ގޮވާލަމުންނެވެ.