ads
ފޮޓޯ: ސަން އޮންލައިން
ފުރިހަމަ ނުވާ ތަހުގީގަކަށް ފިޔަވަޅު ނޭޅޭނެ: އާދަމް ޝަރީފް
ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ރިޕޯޓް ފުރިހަމަ ނުވާ ތަހުގީގަކަށް ފިޔަވަޅު ނޭޅޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝެނަލް ކޮންގްރެސް ( ޕީއެންސީ ) ގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލިހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓަށް ބިނާކޮށް މީހަކު ހައްޔަރު ކުރުމަށް އަދި ދައުވާއެއް ކުރާނެ ޖާގައެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ބުނެފައި ވާ ކަމަށެވެ.

މިކަމާ ގުޅިގެން މެމްބަތު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދޅުވެފައި ވަނީ މަރު ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫން ކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު މަޖިލިހުގައި ދެއްކެވި ވާހަކަތަކުން ސާބިތުވާ ކަމަށެވެ.

އަދި މަރު ކޮމިޝަނުން އަލުން އެ މައްސަލަ ތަހުގީގު ކުރުމަށްވެސް މެމްބަރު ވަނީ ގޮވާލާފައެވެ. އަދި ފުރިހަމަ ނުވާ ތަހުގީގަކަށް ފިޔަވަޅު ނޭޅޭނޭ ކަމަށް އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް