މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓަށް ބިނާކޮށް މީހަކު ހައްޔަރު ކުރުމަށް އަދި ދައުވާއެއް ކުރާނެ ޖާގައެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ބުނި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Advertisement
މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓަށް ބިނާކޮށް މީހަކު ހައްޔަރު ކުރުމަށް އަދި ދައުވާއެއް ކުރާނެ ޖާގައެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ބުނި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެހެން ވިދާޅުވީ، މަޖިލީހުގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، މަރު ކޮމިޝަނުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޕޯޓް ނެރުމުން މަރު ކޮމިޝަންގެ މެމްބަރުންނާއި، ޕީޖީ އާއި ފުލުހުންގެ ބޭފުޅުންނާއި ދެ ފަހަރެއްގެ މަތިން އެ މައްސަލައިގައި ބައްދަލުކުރެއްވި ކަމަށެވެ.
އަދި އެބައްދަލުވުންތަކުގައި، ކޮމިޝަންގެ ރިޕޯޓަށް ބިނާކޮށް މީހަކު ހައްޔަރު ކުރެވޭނެ ނުވަތަ ދައުވާއެއް ކުރާނެ ޖާގައެއް އޮތްތޯ ސުވާލު ކުރެއްވި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ކުރެވެން ނެތް ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެކަން އިތުރަށް ބެއްލެވުމަށް ކޮމިޝަނަށާއި ޕީޖީ އަށް އިތުރު ފުރުސަތެއް ދެއްވި ކަމަށާއި، އަދި ދެވަނަ ފަަހަރުވެސް އެކަމުގައި ސުވާލު ކުރުމުން، އެ ރިޕޯޓަށް ބިނާކޮށް މީހަކަށް ދައުވާއެއް ކުރާނެ އަދި ހައްޔަރެއް ކުރާނެ ޖާގައެއް ނެތްކަމަށް ޕީޖީ އާއި ކޮމިޝަންގެ މެމްބަރުން ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.
"ޕްރޮސިކިއުޓާރ ޖެނެރަލް ހަމަ އެކަނި ފާހަގަކުރެއްވި އަލީ ޝާން (ސަޓޯ)، އޭނަގެ މައްސަލަ އިސްތިއުނާފު ކުރަންވެސް އިތުރު ހެއްކެއް ލިބިފައި ނުވާތީ އިސްތިއުނާފު ކުރުމަށްވެސް ޖާގައެއް ނެތްކަމަށް." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، އެ މައްސަލައިގައި ކޯޓަށް މައްސަލައެއް ގެންދިއުމަށް ކޮމިޝަނުން ބޭނުންވާނަމަ އެކަމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް ކޮމިޝަނަށް ދެންނެވި ކަމަށެވެ.