ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު: ---
ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި އައްޑޫ އާއި ފުވައްމުލައް ހިމެނުމުން ރައީސް މަރުހަބާ ދަންނަވައިފި
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯ އިން ދެމުން އަންނަ ހާއްސަ ލަގަބެއް ކަމުގައިވާ ބަޔޮސްފިއާ ރިޒާވްގެ ލަގަބު އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއަށް މިއަދު ލިބުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ވިދާޅުވީ، ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވްގެ ލަގަބު ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ލިބުމަކީ، ރާއްޖޭގެ ގުތުރަތީ ރީތިކަމާއި، ދިރުންތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

ރައީސް ވަނީ އައްޑޫސިޓީ އާއި ފުވައްމުލަށްސިޓީ ބައޮސްފިޔާ ރިޒާވްގެ ގޮތުގައި ހިމެނުމަށް އައިއޫސީއެން މޯލްޑިވްސް އާއި، ޔޫއެސް އެއިޑް އާއި، ޔުނެސްކޯގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުދަންނަވާފަ އެވެ. 

ބަޔޮސްފިއާ ރިޒާވްގެ ލަގަބަކީ ގުދުރަތީ ރީތި ސިފަތަކާއިއެކު އިންސާނުންނަށް ދިރިއުޅެވޭނެ ފަދަ ސިފަތަކެއް ހުރި ތަންތަނަށް ދެވޭ ލަގަބެކެވެ. ބަޔޮސްފިއާ ރިޒާވްގެ ލަގަބު ލިބޭތަނަކަށް ތިމާވެށި ރައްކާތެރިކުރުމާއިއެކު އަމިއްލަ އުފެއްދުންތައް މާކެޓް ކުރުމާއި އަދި ބައިނަލްއަގްވާމީ ގޮތުން ހިލޭ އެހީ ލިބުންފަދަ ފައިދާތައް ހިމެނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް