ads
ރައީސް މައުމޫން
ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބޮޑު ކުށެއް، އެކަން މުޅި އިސްލާމީ އުންމަތް ކުށްވެރި ކުރޭ: ރައީސް މައުމޫން
ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރަމުން އަންނަ ބޮޑު ކުށެއް ކަމަށާއި، އެކަން މުޅި އިސްލާމީ އުންމަތް ކުއްވެރިކުރާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. "ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ބޮޑު ކުށެއް"

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އީދުމީލާދުގެ މުނާސަބަތުގައި މައުމޫން ފައުންޑޭޝަންއިން "ވަސްމީރު ޒިކުރާގެ ޝަރަފުގައި"، މިނަމުގައި ބޭއްވި ހާއްސަ ހަފްލާފައި ރައީސް މައުމޫން ވަނީ، މާތް ނަބިއްޔާއަށް ފުރަށްސާރަކޮށް، އެކަލޭގެފާނުގެ ކާޓޫނު ކުރަހައި އާންމުކޮށް ފްރާންސުގައި ހިނގަމުން އަންނަ ކައްތައްތައް ކުށްވެރިކޮށް އެކަމަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވާފައެވެ. 

ރައީސް މައުމޫން ވިދާޅުވީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރަމުން އެގެންދަނީ ބޮޑު ކުށެއް ކަމަށާއި، އެއީ ދީނީ ހައިސިއްޔަތުންވެސް، އަދި ބައިނަލްއަގްވާމީ ހައިސިއްޔަތުންވެސް ހުއްދަކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން މުޅި އިސްލާމީ އުންމަތް ކުށްވެރި ކުރާކަމަށް މައުމޫން ވިދާޅުވިއެވެ. 

ރައީސް މައުމޫން ވިދާޅުވީ، އެއީ ކޮށްގެން ނުވާނެފަދަ ބޮޑު ކުށެއް ކަމަށާއި، ނަމަވެސް އެކަމުގައި އަޅުގަނޑުމެން އަމަލުކުރަންވާނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތައް އިންސާފުގެ މަތީން ކަމަށެވެ. އެގޮތުން އެކަމުގެ ނުރުހުމުގައި މަގުމައްޗަށް ނިކުމެ އެއިން މީހަކަށް އަނިޔާކޮށް މަރާ ހަދައިގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. 

މައުމޫން ވިދާޅުވީ، އިސްލާމް ދީނުގައި އިންސާނެއްގެ ލޭ ހުއްދަވާނީ، ހަމައެކަނި އަދުލުވެރި ޝަރީއަތަކުން ހުކުމް ކުރުމުން ކަމަށާއި، އެނޫން ހާލަތެއްގައި މީހެއްގެ ލޭ އޮހޮރުވާލައިގެން ނުވާނެކަމަށެވެ. އެގޮތުން މާތް ނަބިއްޔާ އަޅުގަނޑުމެންނައް ދެއްކެވި ރީތި މިސާލުން ނަމޫނާ ލިބިގަތުމަށް ރައީސް މައުމޫން ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. 

ރައީސް މައުމޫން ވިދާޅުވީ، މާތްނަބިއްޔާގެ ސިޔަރަތަށް ބަލާލުމުންވެސް އެކަލޭގެފާނު ޣައިރު މުސްލިމުންނާއި މެދުގައިވެސް ކަންތައް ކުރެއްވީ ރަހުމަތާއި، އަދުލުވެރިކަމާއި، އޯގާތެރިކަމާއި އެކުގައިކަން ހާމަވާ ކަމަށާއި، އެހެންކަމުން މުސްލިމުންނާއި ދޭތެރޭގައި ގޯސްކޮށް ކަންތައްކުރި ނަމަވެސް އެބައި މީހުންނާއި ދޭތެރޭގައި މުސްލިމުން އަމަލުކުރަންވާނީ، މާތް ނަބިއްޔާ އަންގަވާފައިވާ ގޮތުގެ މަތީންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. 

ރައީސް މައުމޫން ވިދާޅުވީ ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ރިސާލަތަކީ ރަހުމަތުގެ ރިސާލަތު ކަމަށާއި، އޯގާތެރިކަމުގެ ރިސާލަތު ކަމަށެވެ. އަދި އިސްލާމް ދީނުގެ ޝަރީއަތާއި، ހުކުމްތަކާއި، އުސޫލުތަކާއި، އަހުލާގާއި މި ހުރިހާކަމެއް ބިނާވެފައި އޮންނަނީ އިންސާނުންގެ ހިތުގައި އޮންނަ ރަހުމަށާއި އޯގާތެރިކަމުގެ މައްޗަށް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް