ތާޕްސީ ބުނެފައި ވަނީ އޭނާ ދެން ކުޅެން ހަމަޖެހިފައިވާ ފިލްމު "ރާޝްމީ ރޮކެޓް" ގެ މަސައްކަތް ނޮވެމްބަރު ގައި ފަށާނެ ކަމަށެވެ.
އޭނާ މި ވަނީ އެ ފިލްމުގައި އޭނާ ފެނިގެން ދާނެ ގޮތުގެ "ފަސްޓް ލުކް" ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.
ފިލްމުގެ "ބިހައިންޑް ދަ ސީން" ފޮޓޯއެއް އާއްމުކޮށް ތާޕްސީ ބުނީ "ރާޝްމީ ރޮކެޓް" ގައި އޭނާ ހުންނާނެ ގޮތަކީ އެއީ ކަމަށެވެ.
އެ ފޮޓޯގައި ތާޕްސީ ހުންނަނީ ކެމެރާއަށް ބަލާށެވެ. އޭނާ ލައިގެން ހުންނަނީ ގަޔަށް ދޫ، ފެހި ކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ޖިންސެކެވެ. އަދި އަރައިގެން ހުންނަނީ ޓެނިސް ބޫޓަކަށެވެ.
ތާޕްސީ ހިއްސާކުރި ފޮޓޯ--
"ރާޝްމީ ރޮކެޓް" އަކީ އާކާޝް ކުރާނާ ޑައިރެކްޓް ކުރާ ފިލްމެކެވެ. އެ ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ވަރަށް ބާރަށް ދުވާ އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށެވެ.