ads
ބީއެމްއެލް--
ބީއެމްއެލް އިން ބައެއް ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ބައެއް ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތަކާއި ޕްރޮފިޓް ރޭޓްތަކަށް ބަދަލު ގެނެސްފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ އެ ބޭންކުން ބައެއް ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތަކަށާއި، ޕްރޮފިޓް ރޭޓްތަކަށް ބަދަލު ގެނެސްފައި ވަނީ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ހައުސިން ލޯނުތަކާއި އަމިއްލަ ބޭނުންތަކަށް ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ވަނީ ދަށްކޮށްފަ އެވެ.

މިއަދު ގެނެވުނު ބަދަލުތަކާއި އެކު ބީއެމްއެލްގެ ލުއި އެކްސްޕްރެސް ލޯނުގެ އިންޓްރެސްޓް ރޭޓް 15 އިންސައްތަ އަށް ކުޑަކޮށްފައިވާ އިރު، ގަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ހާއްސަ ލުއި މައިކްރޯ ލޯންގެ އިންޓްރެސްޓް ރޭޓް ވެސް 12 އިންސައްތަ އަށް ކުޑަކޮށްފައި ވެއެވެ. އޭގެ އިތުރުން ޝަރުތުތައް ހަމަވާ ފަރާތްތަކުން އެއްވެސް ރަހުނަކާއި ނުލާ 300،000 ރުފިޔާ އާ ހަމައަށް ލޯނު ނެގޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު ކުލިން އާމްދަނީ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ދޫކުރާ ލައިފްސްޓައިލް ލޯންގެ އިންޓްރެސްޓް ރޭޓް 15 އިންސައްތަ އަށް ކުޑަކޮށްފައިވާ އިރު، ރަހުނަކާއި ނުލާ 300،000 ރުފިޔާ އާ ހަމައަށް ލޯން ދޫކުރާނެ އެވެ. އަދި އެ ލޯން ޕެކޭޖްގެ ދަށުން 300،000 ރުފިޔާ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ލޯން ބޭނުންވާ ފަރާތްތަކަށް ރަހުނަކާއި އެކު، 12 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއި އެކު ލޯން ނެގޭނެއެވެ.

އެއާއެކު ބީއެމްއެލްގެ ހައުސިން ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ހޯމް ޕާޗެސް ލޯނާއި، ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދުކޮށްފައިވާ މަޝްރޫއުތަކަށް ދޫކުރާ ލޯންގެ އިންޓްރަސްޓް ރޭޓްގެ އަދަދު 10 އިންސައްތަ އަށް ދަށްކޮށްފައިވާ އިރު، ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތް ކުރާ ފަރާތްތަކަށް ހާއްސަ ރިއަލް އެސްޓޭޓް ލޯން 10.5 އިންސައްތަ އަށް ކުޑަކޮށްފައި  ވެއެވެ. މި ބަދަލާއި އެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިއަދު އާންމުކުރެވުނު ބަދަލުތަކާއި އެކު، އިންޓްރެސްޓް ރޭޓްތަކުން ވަނީ 15 އިންސައްތަ ދަށްކުރެވިފަި ކަމަށާއި، ގެނެވުނު ބަދަލުތަކުގެ ސަބަބުން ލޯން ނަގާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމުގައި ލުއިފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން އާއި ބެހޭ ޑިރެކްޓަރު މޫސާ ނިމާލް ވަނީ ވިދާޅުވެފަ އެވެ.

އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނުތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ހާމަކުރާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް