ads
ގެއްލިގެން ހޯދާ، ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު-
މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 33 އަހަރުގެ، ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރުއެވެ. 

ފުލުހުންބުނީ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު މެންދުނު 1:30 އިން ފެށިގެން އޭނާއަށް ވީނުވީއެއް ނޭންގި ގެއްލިގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެރޭ 10:45 ހައިރު ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުންބުނީ އޭނާ އެންމެ ފަހުން ލައިގެންހުރީ ކަޅު ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ޖިންސެއް ކަމަށެވެ. އަދި އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ އެއްވެސް ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް