ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދަށް އުނދަގޫ ނުކުރުމަށް ދިޔާނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ ކިބައިން އެދިވަޑައިގެންފި އެވެ.

Advertisement

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޑރ. އިޔާޒަށް ނިސްބަތް ކުރައްވާ ޖާބިރު ވިދާޅުވީ، ސިޔާސީ ކަންކަމައިގެން އުޅުއްވާ ނަމަ މަޖިލީހުގެ މެމްބަރަކަށް ވުމަށް އެދޭ ކަމަށެވެ.
"އަދި އެ ބޭފުޅުންނަށް ވޯޓު ގަނޑެއް އެއްޗެއް ނުލިބިއްޖެ ނަމަ އެ ވާހަކަ ވެސް އަޅުގަނޑުމެން ކައިރީގަ ބުނެލީމަ އެކަމާ ވެސް އެހީތެރިވެވިދާނެ!" ޑރ. އިޔާޒަށް އަމާޒު ކުރައްވާ ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ، ޑރ. އިޔާޒް ދީނީ ފަތުވާ ދެއްވާ ކަމުގައި ވާނަމަ އެ މަސައްކަތުގައި އުޅުއްވުމަށް އެދޭ ކަމަށެވެ. އަދި ދިޔާނާ އަށް އުނދަގޫ ނުކުރުމަށް ޖާބިރު ވަނީ އެދިލައްވާފަ އެވެ.
ޖާބިރު ވިދާޅުވީ، އިސްލާމް ދީނޭ ކިޔައިގެން މީހުންގެ އަނބިންނާއި ބެހި ހެދުމަކީ ހަޑި ކަމެއް ކަމަށެވެ.