ads
ލަވައިގެ ސްކްރީންޝޮޓެއް--
ނަސްރުގެ ދުވަހަށް އެލީ އާއި މަހްލޫފުގެ ލަވަ ނެރެފި، ވަރަށް ފުރިހަމަ!
ސްޕޯޓްސް މިނިސްޓަރު އަހްމަދް މަހްލޫފާއި ދަރިފުޅި ލައިބާ އަހްމަދު މަހްލޫފު (އެލީ) ގެ އަޑުން ކިޔާފައިވާ "ކިޔާ ދޫ ތަކުން" ގެ ކަވާއެއް މިއަދު ނެރެފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ލަވަ އާއްމުކޮށްފައި ވަނީ ޔޫޓިއުބުގަ އެވެ. އެލީގެ މަންމަ އަދި މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ކުރިން ވިދާޅުވީ އެއީ އެލީއަށް ވަރަށް ކަމުދާ ލަވައެއް ކަމަށެވެ.

"އެލީ އަށް 'ކިޔާ ދޫ ތަކުން' ކަމުދިޔަ ވަރުން މަހްލޫފާއި އެލީ ނިންމީ ކަވާއެއް ކިޔުމަށް،" އޭނާ ވިދާޅުވި އެވެ. 

އެ ލަވައިގެ މިއުޒިކް ހަދާފައި ވަނީ އިބްރާހިމް ޒައިދް (ކުޑަ އިއްބެ) އެވެ. ކޮރިއޮގްރަފީ ހެއީ ނުހާ، ބަގްޒީ އަދި ކޮއްކޮ އެވެ. އަދި މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ގެ ބައިވެރިވުން ވެސް ލަވައިގައި ހިމެނެ އެވެ.

މީގެ ކުރިން ވެސް އެލީ އާއި މަހްލޫފްގެ އަޑުން ލަވަތައް އިވިފައި ވެއެވެ. އެގޮތުން ބައެއް ޓީވީ ޝޯތަކުގައި މަހްލޫފްގެ ލަވަތައް ހުށަހަޅައިދެއްވާފައި ވެއެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް