ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ ފަހުރުވެރި ދިވެހި ސިފައިން: ނަޝީދު
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ސްރީލަންކާގެ ޕްލޮޓް ޖަމާއަތުން ރާއްޖެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ ފަހުރުވެރި ދިވެހި ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ މެންދަމުން ފެށިގެން އެދުވަހުގެ އިރުއޮށްސުމާއި ހަމައަށް ޕްލޮޓް ޖަމާއަތުން ސިފައިންގެ މައި މަރުކަޒަށް ބަޑިން ހަމަލާދީ އެ މަރުކަޒު ހިފުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކަން ނާކާމިޔާބު ކޮށްލީ ފަހުރުވެރި ދިވެހި ސިފައިން ކަމަށެވެ. 

ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން ހަގީގަތުގައި އަބަދުވެސް ނަސްރުގެ ދުވަސް ފާހަގަކުރަނީ ސިފައިން ސާބިތުކަމާއިއެކު ހަމަލާދީ، ސިފައިންގެ މައި މަރުކަޒު ހިމާޔަތް ކުރަން ކުރި މަސައްކަތް ފާހަގަކުރަން ކަމަށާއި، އެކަމާއިމެދު އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދިގެން ނުވާނެ ކަމަށެވެ. 

ރައީސް ނަޝީދުގެ ވާހަކާގައި ވަނީ އެދުވަހު އިންޑިއާއިން ރާއްޖެއަށް ވީ އެހީއަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

ނަޝީދު ވިދާޅުވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ހެޔޮހާލުގައި ކަމަށާއި، ރައީސް ސިފައިންގެ އިސްވެރިންނާއި ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ. އެގޮތުން ސިފައިންގެ ވެރިންނާއި ކެބިނެޓާއިވެސް ވާހަކަ ދެއްކެވުމަށްފަހު، އޭރުގެ ފޮރިން މިނިސްޓަރާއި، ފޮރިން މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އާއިއެކު، ދުނިޔޭގެ ހުރިހާ ގައުމަކަށް، ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭން ނިންމި ކަމަށެވެ. 

އަދި ރާއްޖެއިން އެދުވަހު އެގޮތަށް އެކަން ކުރި ކަމަށާއި، އެމަސައްކަތް ކުރިއަށް ގެންދެވީ ރާއްޖޭގެ ސަފީރު އދ ގައި ހުންނަވައިގެން ކަމަށެވެ. އެގޮތުން ރާއްޖެއިން އެދުނު އެދުމަށް، އިނގިރޭސި ވިލާތާއި އެމެރިކާ އާއި ސްރީލަންކާގެ އިތުރުން އިންޑިއާއިން ވަރަށް ބޮޑަށް އިޖާބަދިން ކަމަށެވެ. ނަމަވެސް ރާއްޖެއަށް އައުމަށް ހަމައެކަނި އެއްބަސް ވެފައި އޮތީ އިންޑިއާއިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދު ވިދާޅުވީ، އެއަށްފަހު އިންޑިއާއިން އެގައުމުގެ ސިފައިންނާއި އެކުގައި އައިސް މާލޭގައި ތިބި ޓްރަރިސްޓުން ހައްޔަރުކޮށް އަދި އެމީހުން ފިލައިގެން ދާން މަސައްކަތް ކުރުމުން، ފަހާގޮސް އެ ބޯޓު ފައްތާލުމަށްފަހު ޓެރަރިސްޓުން ހައްޔަރުކޮށްގެން މާލެ ގެނައީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް