ads
ލޮނުޒިޔާރަތް ޕާކު-- ފޮޓޯ: ވަން އޮންލައިން
ނޮވެމްބަރު 11 ގައި ލޮނުޒިޔާރަތް ޕާކު ހުޅުވަނީ
ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރަމުން އަންނަ ޕާކު، މިމަހުގެ 11 ވަނަ ދުވަހު ހުޅުވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅިގެން ސީއެންއެމްގެ "އިސްކަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ މައްޗަންގޮޅިދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވިގެންދާނެ ކަމަށާއި އަދި އެތަން ހުޅުވިގެންދާއިރު އެތަނާއި ގުޅޭ ހާއްސަ ޕްރެސް މޭޔާ ޝިފާ މުހައްމަދު ދެއްވާނެ ކަމަށެވެ. 

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޮނުޒިޔާރާތް ކޮޅުގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު އެތަނުގެ ބައެއް މަސައްކަތް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރިކަމުގެ ތުހުމަތު ސިޓީ ކައުންސިލުގެ މެމްބަރަކު ވަނީ ކޮށްފަ އެވެ.

މާލޭކޮޅުން ސިނަމާލޭ ބްރިޖަށް އަރާއި ދިމާލުގައި ތަރައްގީކޮށްފައިވާ އެ ޕާކުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާ ފެހިކޮށްފަ އެވެ.

ވަރަށް ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ އެ ޕާކުގައި ޕޮންޑަކާއި ހިލް އެއްވެސް ހިމެނެ އެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެންޗުތައް ވެސް ބަހައްޓާފައިވެ އެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފަ އެވެ. 

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ފުރޮޅުލީ ގޮނޑީގައި ވެސް އުޅެވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ. އަދި އުނދޯންޏާއި ހޮޅުއަށި ވެސް އެތަނުގައި ހަދާފައިވާއިރު ފާހާނާ ބަރިއެއް ވެސް ހުންނާނެ އެވެ. 

މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ އެތަން ހަފްތާއެއްގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އޭރު މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި ކުރިއްދަނީ ފިނިޝިންގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;