ads
ސިދުރަތުﷲ
އިޝާ ނަމާދަށް ފަހު ސިދުރަތުﷲ ވަޅުލަނީ
އައިޖީއެމްއެޗާ ދިމާލު ބޭރުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަނބުރާ ރާއްޖެ ގެނެސް، މިރޭ އިޝާ ނަމާދަށް ފަޅުލަން ހަމަޖެހިއްޖެ އެވެ.
Advertisement

އުމުރުން 31 އަހަރުގެ ސިދުރަތުﷲ ވަޅުލަނީ އާސަހަރާ މިސްކިތުގަ އެވެ. 

ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ސިދުރަތުﷲ، ގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު މޯޗަރީގައި ބާއްވާފައި އޮންނަތާ ގާތްގަނޑަކަށް ދިހަ ދުވަސް ފަހުންނެވެ. 

ވަޅުނުލާއި ގިނަ ދުވަސްތަކެއް ވަމުންދާތީ އާއިލާ އިން ވަނީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް ވެސް އެދިފަ އެވެ. ޖިނާއި އިޖުރާއަތުގެ ގާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ޕޯސްޓްމޯޓަމް ހެދެން ދެން ބޭއްވި އެވެ. 

މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ސަރަހައްދު އައިޖީއެމްއެޗު ކައިރިން މޫދުގައި މަރުވެފައި އޮއްވައި ސިދުރަތުﷲ ފެނުނުއިރު ފުލުހުން ވަނީ އެމަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ ހިއްސާކުރަން އެދިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް