ads
މެމްބަރު ހަސަން ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހުތަކުން، ވަޒީރަށް ބާރުތަކެއް ލިބޭނެ: ހަސަން
ކުޅިވަރުގެ ގާނޫނުން ހުށަހެޅި އިސްލާހުތަކުން ކުޅިވަރުގެ ވަޒީރަށް ބާރުތަކެއް ލިބިދޭނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

ހަސަން ލަތީފް ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރަކަށް އޮންނަންވާނެ އެންމެ މުހިންމު ބާރަކީ ކުޅިވަރާއި ބެހޭ ސިޔާސަތު ކަނޑައެޅުމުގެ ބާރުކަމަށާއި އެ ބާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކުގެ ތެރެއިން ވަޒީރަށް ލިބިދެވޭގޮތަށް ގާނޫނުގައި ހިމަނާފައިވާނެ ކަމަށެވެ.

"މައިގަނޑު ސިޔާސަތު ކަނޑައަޅާނީ ޕާޓީންނާއި ސަރުކާރުން އޭގެ ދަށުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅަންވާނީ ވަޒީރުން އެހެންވީމަ އެ ބާރު އަޅުގަނޑު ވާނީ މީގެން ވަޒީރަށް ލިބިދެވޭ ގޮތައް ބަޔާންކޮށްފަ" ހަސަން ލަތީފް ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ އޭގެ ތެރޭގައި ވަޒީރު އަދާކުރަންޖެހޭ މައިގަނޑު މައްސޫލިއްޔަތުތައް ވެސް ހިމެނެފައިވާނެ ކަމަށެވެ. އެގޮތުން ވަޒީރެއް ކުޅިވަރަށް ކޮށްދެންޖެހޭ އެންމެ މުހިންމުކަމަކީ ބޭރުގެ ގައުމުތަކުން ރާއްޖޭގެ ކުޅިވަރުތަކައް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އެއީ ކުޅިވަރުތަކަށް މީހުން ތަމްރީން ކުރުމާއި ކުޅިވަރުތައް ކުރިއެރުވުމަށް ބޭރުގެ ފަަރާތްތަކުން އެހީ ހޯދުމުގެ އިތުރުން ކުޅިވަރު ކުރިއަރާނެ ހުރިހާ ގޮތަކުން ބޭރު ގައުތަކުންވެސް ކުޅިވަރަށް އެހީ ލިބޭނެ ފުރުސަތުތައް ހޯދައިދިނުމަކީ ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ލަތީފް ފާހަގަކުރެއްވި އެވެ.

"ކުޅިވަރުގެ މުވައްސަސާތަކުން ހިންގާނެ މަސައްކަތުގެ ދައުރު ކަނޑައެޅިފަ ގާނޫނުން ލިބުނީމާ ސަރުކަރުގެ ސިޔާސަތުތަކާއި އެއްގޮތައް އަދި ގާނޫނާއިވެސް އެއްގޮތައް ހިގާތޯ ބެލުންވެސް ހިމެނެނީ ވަޒީރުގެ މަސްއޫލިއްޔަތުގެ ތެރެއިން، އަޅުގަނޑު ގަބޫލްކުރާގޮތުން ވަޒީރަކަށް ބުނެވޭނެ އެއިންތަނެއް ގާނޫނާއި ހިލާފަށް ދަންޏާ މިހާރު ތިދަނީ ގާނޫނާއި ހިލާފަށޭ. ފިޔަވަޅު އެޅުން ނޭޅުން އަދި އެއީ އެހެންކަމެއް. އެހެންނަމަވެސް މުވައްސަސާތަކުން ގާނޫނުުު ތަންފީޒް ނުކުރާކަމުގައި ވަންޏާ އެ ވަޒީރަކަށް ބުނެވޭނެ އަދި ވަޒީރެއްގެ ބާރު އެއީ ދައުލަތުގެ އެެހެން މުވައްސަސާތަކަށް ވެސް މި ގާނޫނުން ކުރަންހުރި ކަންކަން ނުކުރާކަމުގައި ވަންޏާ ބުނުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ކުޅިވަރު ގާނޫނަށް ހެންވޭރު ހަސަން ލަތީފް ހުށަހެޅުއްވި ބައެއް އިސްލާހުތަކާއެކު ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ކަންބޮޑުވުުން ފާޅުކުރައްވާފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ދާނީ ކުރިއަށް ކަމަށާއި އެސޯސިއޭޝަންތަކުގެ އިންތިހާބު ހިންގާނީ ޑިމޮކްރަޓިކްކޮށް ގާނޫނު ނުވަތަ އިންޓަނޭޝަނަލް ފެޑްރޭޝަންތަކުގެ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅެވެއެވެ. 

ރާއްޖޭގެ ކުޅިވަރުތައް ސަސްޕެންޑް ކުރާނެކަމުގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވާ ހަސަން ލަތީފް ވިދާޅުވީ އެކަމުގައި ތަޖުރިބާހުރި ލޯޔަރުންނާއިވެސް ވާހަކަ ދައްކަވާފައި ވާނެކަމަށާއި އިންތިހާބެއް ބޭއްވުމަކީ އޮލިމްޕިކް ޗާޓާއާއި ހިލާފްކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް ކޮންމެތަނެއްގައި ވެސް ނުފޫޒް ފޯރުވާނަމަ އެ ފަރާތަކުން ސަސްޕެންޑްކޮށް ފިޔަވަޅު އެޅުން އޮންނަކަމަށާއި އެހެންނަަމަވެސް އެސޯސިއޭޝަންގެ އިންތިހާބު ގާނޫނަކުން އެކަން ކަނޑައަޅައިގެން އެހެން ފަރާތަކުން ބާއްވާތީ އެއީ ބޭރުގެ ފެޑެރޭޝަންތަކުން ފިޔަވަޅު އަޅާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"އެންމެ މިނިވަން މުވައްސަސާގެ ގޮތުގައި އިންތިހާބުތައް ބޭއްވުން ހަމަގައިމު ވެސް ގާނޫނު އަސާސީންވެސް އަދި ގާނޫނުންވެސް އޮންނަނީ އިލެކްޝަން ކޮމިޝަނަށް އެހެންވީމަ އެފަރާތުން އައިސް އިންތިހާބެއް ބޭއްވުން އެއީކީ އަޅުގަނޑު ގަބޫލްކުރާގޮތުން ބޭރުގެ އެފިލިއޭޓް އެސޯސިއޭޝަނަކުން ނުނީ ފެޑެރޭޝަން އަކުންނެއް ރާއްޖޭގެ އެ ކުޅިވަރު ސަސްޕެންޑް ކުރާނެ ކަމެއްކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން" ލަތީފް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރުގެ ސިޓީގެ ކޮޕީއެއް އެމަނިކުފާނަށް ލިބިފައިވާކަމަށް ވިދާޅުވެ މަހްލޫފް މީގެ ކުރިންވެސް ވަނީ ސަރުކާރާއި މަޖިލީސް އަދި ކޯޓުތަށް ކުޅިވަރުގެ ތެރެއަށް ވަންނަނަމަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް