މަންޓާ އެއާއިން މިފަހަރު ގެނައި ސީޕްލޭންއަކީ ޑީއެޗްސީ 6 ޓްވިން އޮޓާ މަރުކާގެ ބޯޓެކެވެ. މިއީ މިފަދަ ހަތް ވަނަ ސީ ޕްލޭންއެވެ.
ކެނެޑާއިން ފުރައިގެން 16،000 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑަތުކުރުމަށްފަހު ރާއްޖެ އައިސްފައިވާ އެ ސީޕްލޭން އުފައްދާފައިވަނީ ބްރިޓިޝް އެއިރޯސްޕޭސް ކޮންޕެނީއިންނެވެ. އެ ސީޕްލޭން ބޭނުން ކުރަމުން ދާނީ ބ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމަށް ކަމަށް މަންޓާއިން ބުނެއެވެ.
މަންޓާއެއާ އިން އެންމެ ފުރަތަމަ ސީޕްލޭންގެ ހިދުމަަތް ފަށާފަައިވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. މަންޓާ އެއާއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއާލައިންނެވެ. އެތަނުން އޮަޕަރޭޓްކުރާ ފްލައިޓްތަކުގެ އަދަދު މިހާރު ވަނީ 10 އަރާފައެވެ.