ads
ފިހާރައްގެ ތެރެ
ސައި ހޮޓާ/ރެސްޓޯރަންޓުތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފި
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަަވަޅުތަކަށް ލުއި ދިނުމާއެކު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އޭގެ އިތުރުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށް މިނިސްޓްރީން ބުނެ އެެވެ.  

އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކުރިއިރު އިކޮނޮމިކް މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކާއި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވެސް އެދިފަ އެވެ. 

މި ބަދަލު ގެނައުމުގެ ކުރިން ވިޔަފާރިތައް ހުޅުވާފައި ބެހެއްޓެނީ ފަތިހު ފަހަކުން ރޭގަނޑު 10:00 އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް