ads
އިންޑިއާ ގައި ކޮވިޑް-19 އަށް ޓެސްޓް ކުރަނީ---
ދިއްލީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.
Advertisement

ދިއްލީ އިން އިއްޔެ ހަމަ އެކަނި ކޮވިޑް-19 ގެ 8،500 އަށް ވުރެ ގިނަ ކޭސް ފެނިފައިވާ އިރު، 85 މީހުން ވަނީ މަރުވެފަ އެވެ. މިއީ މިހާތަނަށް ދިއްލީ އިން ކޮވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް ރެކޯޑް ކުރެވުނު އެންމެ ގިނަ އަދަދުކަމަށްވާ އިރު، މިހާތަނަށް ދިއްލީން މަރުވި މީހުންގެ އަދަދު 7،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ.

ދިއްލީ ގައި ކޭސްތައް ހަލުވި ކަމާއެކު އިތުރުވަމުން ދިއުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ވެސް ވަނީ ބާރުބޮޑުވެފަ އެވެ. އެގޮތުން ދިއްލީގެ ހޮސްޕިޓަލްތަކުގެ ބޮޑު ބައެއް ފުރިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިންޑިއާ އިން 8.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ސެޕްޓެމްބަރު މަހުން ފެށިގެން އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށްދާން ފަށާފަ އެވެ. އެގޮތުން ދުވާލަކު ލައްކަ އަކާއި ހަމައިގައި އޮތުމަށްފަހު، މިހާރު އެ ގައުމުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ 40،000 އަށް ދަށްވެފަ އެވެ.

ދިއްލީގައި ކޭސްތައް އިތުރުވެފައިވާ އިރު، މީގެ ކުރިން ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސަރަހައްދުތަށް ކަމަށްވާ މަހާރަޝްތްރާ އާއި ކަރްނާޓަކާ އާއި އުއްޓަރު ޕްރަދޭޝް ގައި ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު ވަނީ ދަަށްވެފަ އެވެ.

ކުރިއަށް އޮތް ދުވަސްވަރު އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް އޮތީ ފިނި މޫސުން ކަމަށް ވުމާއެކު، އެ ސަރަހައްދުތަކުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ބިރު އެބަ އޮތް ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މިހާތަނަށް އިންޑިއާ އިން 8.7 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 128،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް