ads
ތ. ތިމަރަފުށި
ހަމަލާ ދޭން އުޅުނީ ތިމަރަފުށީގައި އޮތް ކުޑަކުދިންގެ ހަވީރަކަށް ނޫން: ފުލުހުން
ފުލުހުން އިއްޔެ ހުއްޓުވާފައި ވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައި ވަނީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި، އޮޕަރޭޝަން ކުރިއަށް ދާއިރު ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ. 

އޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. 

ރޭ ފެށި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

ރޭ ފުލުހުން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ އަމަލަކާއި ގުޅޭ ގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލެ އާއި މާލެ އަތޮޅުގެ ކަނޑުގަޔާއި ތ. ތިމަރަފުށީގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. 

އެ އޮޕަރޭޝަނުގައި ރޭ ވަނީ މާލެ އިން އެކަކު އަދި ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހެއްގެ އިތުރުން ތިމަރަފުށިން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއް އަދި 31 އަހަރުގެ މީހެއް ކަމަށެވެ. 

އެ އެންމެނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ރޭ ފުލުހުން ވަނީ މާލޭގެ ގެތަކެއްގެ އިތުރުން ތިމަރަފުށީގެ ވެސް ބައެއް ގެތައް ބަލާފާސްކޮށްފަ އެވެ. އެކަމަކު ބަލާއި ފާސްކުރި ގެތަކުގެ ސީދާ އަދަދެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް