ads
މަޑިވަރު---
މަޑިވަރުގެ އެއާޕޯޓު މިމަހުގެ ތެރޭގައި ހުޅުވަނީ
ޅ. މަޑިވަރު އެއާޕޯޓު މިމަހުގެ ތެރޭގައި ހުޅުވޭނެކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ސަރުކާރަށް ދެ އަހަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ގެ އިރުޝާދުގެ ދަަށުން މާވަރުލާއި ކުޅުދުއްފުށީގެ އެއާޕޯޓު މިހާރު ހުޅުވުފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މަޑިވަރުގެ އެއާޕޯޓު މި މަސްތެރޭގައި ހުޅުވުމަށް ކަމަށެވެ. 

އަދި އެއާޕޯޓް މިމަހުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަޑިވަރު އެއާޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަސައްކަތް ފަށާފައިވާ މަޝްރޫއުއެކެވެ.

 އޭގެ އިތުރުން ހޯރަފުށީގެ އެއާޕޯޓް 2021 ވަނަ އަހަރުގެ ކުރީކޮޅު ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންނަށް ވައިގެ މަގުން ދަތުރު ފަތުރު ކުރުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވާނެކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ. އޭގެ އިތުރުން އަޅުގަނޑުމެން ކުރިއަށް އޮތްތާގަވެސް ޕްލޭންތައް ކުރެވިފަ އެބަހުރި. އެގޮތުން މުލީގަ ވެސް އެއާޕޯޓެއް އެބައޮތް އަދި ހަމައެގޮތަށް ބިލެއްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ވިސްނުންތަކެއް އެބަހުރި" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން މިއަންނަ އަހަރުގެ ތޭރޭގައި ތުޅާދޫގައިވެސް އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މ. މުލީގައި އެޅޭ އެއާޕޯޓާއިއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް 35 މިނިޓުން ދަތުރުތައް ކުރެވޭނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށްތައް ހުރި ގޮތުން ހދ. މަކުނުދޫ އާއި އެއާޕޯޓްތައް ދުރުކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މަކުނުދޫއަށް ވައިގެ މަގުން ދަތުރުތައް ކުރެވޭނެ ފަހިގޮތެއް ހަމަޖެއްސުމުގެ ވިސްނުން އެބަހުރިކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށާއި އެހެންކަމުން އެކަން ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް