ads
އައިމިނަތު ވަހީދާ ޓެކްސީ ކައިރީގައި--
އައިންތުގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާއި މެދު ގޮތެެއް ނިންމަން ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިދީފައި ކަމަށެވެ. އަދި އެ މުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް މިމަހުގެ 12 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އިތުރު ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ބުނެ އެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން އިއްޔެ ރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފަ އެވެ. 

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ދިރިއުޅޭ ގެ ކައިރީގައި ޑްރަގް ކޯޓު ކުރިމަތީގައި މިދިޔަ މަހުގެ 26 ގައި ޕާކުކޮށްފައި އޮއްވާ އައިމިނަތުގެ ކާރަށް ގެއްލުންދީފައިވާއިރު އެއީ އޭނާގެ ކާރަށް ގެއްލުންދިން ފަސް ވަނަ ފަހަރު ކަމަށް އައިންތު ބުނެ އެވެ. 

އައިމިނަތު ބުނީ ކާރަށް ގެއްލުން ދިނުމުގެ ސަބަބުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށާއި މިކަމުގައި ފުލުހުންނާއި އާއްމުންގެ އެހީ ބޭނުންވާ ކަމަށެވެ.

އައިމިނަތު ވަހީދާއަށް ގެއްލުންދޭ ފަރާތްތައް ހޯދާ އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މިދޭތެރެއިން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް