ކުރިން އެސްޑީއެފްސީގެ ލޯނު އެޕްލިކޭޝަން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުން އައި ނަމަވެސް މިހާރު ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ލޯނު ބަލައިގަންނަން ނިންމާފަ އެވެ.
އެ ބަދަލާއެކު ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ފޯމު ބަލައި ނުގަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޑީއެފްސީން ބުނީ ޕޯޓަލް މެދުވެރިކޮށް efaas.egov.mv މެދުވެރިކޮށް ލޯނަށް އެދެވޭނެ ކަމަށެވެ. އެގޮތުން އައިޑީކާޑް ތަފްސީލާއި ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުންކޮށްގެން އީފާސް އެކައުންޓް ހުޅުވޭއިރު އެ އެކައުންޓުން ޕޯޓަލްއަށް ލޮގިން ވެވޭނެ އެވެ.
އެ ގެނެވުނު ބަދަލާއެކުލޯނަށް އެދުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.