ads
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ---
ދ. އިސް މެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފި
ދ. އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދުގެ މައްޗަށް ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ދެ ގަޒިއްޔާއެއް ދ.މާއެނބޫދޫ ކޯޓުން ނިންމާފައި ވަނިކޮށް، އެ ދެ ގަޒިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް އަބްދުއްރައްޒާގު ދ. މާއެނބޫދޫ ކޯޓުން ކޯޓު އަމުރު ނެރެ، ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން މާއެނބޫދޫ ކޯޓަށް ހާޒިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ. 

އެދެމައްސަލައަކީ، ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ އަކާއި، އެއްވެސް ސަބަބެއްނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. 

ޖޭއެސްސީން ބުނެފައިވަނީ އެ ދެ ގަޒިއްޔާ އަލުން ހިންގާފައިވަނީ އެ ގަޒިއްޔާގައި ކުރިން ހުކުމްކޮށްފައިވާކަން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު އެނގިހުރެ ގަސްތުގައިކަން، އެނގެން އޮތްކަމަށެވެ. އެގޮތުން އެދެމައްސަލަ އަލުން ހިންގުމުގެ ކުރިން މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ފެކްސް މެސެޖުން އެނގޭ ކަމަށް ޖޭއެސްސީން ބުނެއެވެ.

މިމައްސަލަތަކުގެ އިތުރުން ކުޑަހުވަދޫ ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި، އެމައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ބުނާ މައްސަލައަކާއި، ކުޑަހުވަދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ޝަރީއަތަށް އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯރުކޮށްފައިވާ ސޮޔެއް ކަމަށް ބުނާ މައްސަލައެއްވެސް ކޮމިޝަނުން ބަލަމުން އަންނަކަމަށްވެސް ޖޭއެސްސީން ބުނޭ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް