ads
ގާސިމްއާއި ނަހުލާ-- ފޮޓޯ: ފަޔާޒު މޫސާ
ނަހުލާގެ ދިފާއުގައި ގާސިމް ނިކުމެވަޑައިގެންފި
ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމު، އައިޝަތު ނަހުލާއަށް ލިބިވަޑައިގަތީ ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވެގެން ނޫން ކަމަށް ވިދާޅުވެ ގާސިމް ނަހުލާގެ ދިފާއުގައި ނިކުމެވަޑައިގެންފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އާންމު ރައްޔިތުންގެ ތެެރެއިން މީހަކު ވަނީ ނަހުލާއަށް ވަޒީރުކަން ލިބިވަޑައިގަތީ ގާސިމްގެ އަނބިމީހާއަށްވެގެންތޯ ނަހުލާއަށް ސުވާލުކޮށްފަ އެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ނަހުލާ ވިދާޅުވީ އޭނާ މަގާމަށް އައްޔަންކުރެއްވީ ވަކި މީހެއްގެ އަނތްބަށް ވެގެން ނޫން ކަމަށެވެ. 

އެކަމާއި ގުޅިގެން ގާސިމް ވަނީ އޭނާގެ އަނބަތްވެގެން އެއްވެސް މީހަކަށް ވަޒީފާ ދޭން ޖެހޭގޮތަށް ގާނޫނެއް އެއްވެސް ގަވާއިދެއް ނެތް ކަމަށެވެ. އެހެންކަމުން، ގާސިމްގެ އަނބިމީހާއަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށެވެ. 

ގާސިމް ވިދާޅުވީ ނަހުލާއަކީ ކަންކަން ކުރެވޭނެ ހިތްވަރު ހުރި ވިސްނުންތެރި ކުޅަދާނަ ތައުލީމީ އަދަބުވެރި އަދި ކިޔަމަންތެރި ގާބިލް ބޭފުޅެއްކަން ގާސިމްއަށް ޔަގީންވާތީ ނަހުލާ އިންތިހާބުގައި ކުރެއްވި ގިނަ މަސައްކަތްތަކާއެކު ރައްޔިތުން އެކަމަނާ ބަލައިގެންކަން ގިނަ ބަޔަކު ފާހަގަކުރަމުންދިޔަ ކަމަށެވެ.

އެހެންވެ ޖޭޕީގެ ފަރާތުން ރައީސްއަށް އެ ހުށަހެޅުއްވުން ހުށަހެޅުއްކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ނަހުލާ މަގާމަށް ހަމަޖެއްސެވީ އެއީ ގާބިލް ބޭފުޅެއްކަން ޔަގީންކުރެވުން ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް