ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އޮތް ހަފްލާއެއްގައި އެ ތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
އިއްޔެ ހަދިޔާ ކުރި އެ ތަކެތީގެ އަގުގައި 1.7 މިލިއަން ރުފިޔާ ހުންނާނެ ކަމަށާއި ކޮވިޑާ ގުޅިގެން މިހާތަނަށް ޖުމްލަ 17 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ.
އެޗްއީއޯސީއަށް ލެޕްޓޮޕް ހަދިޔާ ކުރުމުން އެތަނުގެ މަސައްކަތަށް ފަސޭހަ ވާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު އެހީ ދޭނެ ކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.