ads
ހަރުކަށި ފިކުރުތަކާއި ދެކޮޅު، މަރާއި ގުޅުމެއް ނެތް: ޖަމިއްޔަތުއްސަލަފް
ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާ ދިއުމާއި ޖަމިއްޔަތުއްސަލަފުން ދެކޮޅު ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އަޅާ ދިއުމާއި ޖަމިއްޔަތުއްސަލަފުން ދެކޮޅު ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ޖަމިއްޔަތުއްސަލަފާއި ގުޅުވާ ދައްކާ ވާހަކަތަކާއި ގުޅިގެން އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމިއްޔަތުއްސަލަފުގެ ނައިބު ރައީސް ވިދާޅުވީ ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގައި 2006 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާ އެއްކަމަށެވެ. އަދި ޖަމިއްޔާގެ ހުރިހާ ދަރުހަކާއި ޕްރޮގްރާމްތައް ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފެންނަން ހުުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަލަފް ޖަމިއްޔާއިން ހިންގާ ކަންކަން ކުރަނީ ސިއްރުން ނޫންކަމަށެވެ.

މީގެ އިތުރުން ސަލަފް ޖަމިއްޔާ އިން ބުނެފައިވަނީ ހަރުކަށި ކަމާއި ހައްދުފަހަނައަޅާ ދިއުމަށް ސަލަފްގެ އިލްމުވެރިން ބާރު ނާޅާނޭ ކަމަށެވެ. އަދި ހަރުކަށި ފިކުރައް އެ ޖަމިއްޔާއިން ގޮވާނުލާނެ ކަމަށް ޖަމިއްޔަތުއްސަލަފުން ވަނި ބުނެފައެވެ. އަދި ބޭރުގައި ހިނގާ އެކި ހަނގުރާމަތަކާއި، ހަރުކަށި ފިކުރުގެ "ޑޮޓް" އަދި "އެސްއެސް" ޖަމާއަތްފަދަ ޖަމާއަތްތަކާއި ސަލަފާއި އެއްވެސް ގުޅުމެއް ނެތްކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެޖަމިއްޔާ އިން ބުނެފަައިވަނީ، ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން އެ ޖަމިއްޔާއަށް ކުރަމުން ގެންދަނީ ދޮގު ތުހުމަތު ތަކެއްކަމަށެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެފައިވަނީ، މަރު ކޮމިޝަންގެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަލީގެ މަރާއި ސަލަފާއި ގުޅުވާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތަކުން އެމަރުގެ ފަހަތުގައި ސަލަފް ވާކަން ދޭހަވަމުން ދާކަމަށާއި، އެކަމާއި ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ޝެއިހް ސަމީރު ވިދާޅުވި އެވެ. މީގެ އިތުރުން ޝެއިހް ސަމީރު ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމްގެ ވާހަކަފުޅަކަށް ސަލަފުން ރައްދުދީފައިވާކަމަށް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާކަމަށާއި، އެހެން ނަމަވެސް އެޔަށްވުރެއް މާ ބޮޑެތި ރައްދުތައް ސިޔާސީ އެކި ފަރާތްތަކުން ޑރ. އަފްރާޝީމަށް ދެއްވާފައިވާކަމަށެވެ.

މީގެ އިތުރުންވެސް ޖަމިއްޔަތުއްސަލަފުން ބުނެފައިވަނީ، އެ ޖަމިއްޔާ އުވާލައިފި ނަމަވެސް އިލްމުވެރިންނާއި އެކު އިސްލާމް ދީން ފެތުރުމުގައި ރައްޔިތުން ސާބިތުވެ ތިބުމަށް އެދޭކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް