ads
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ--
ސިއްރު މަޝްވަރާއަށް ނަތަންޔާހޫ ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯއާ ސިއްރު މަޝްވަރާތަކެއް ކުރެއްވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީއަށް ވަޑައިގެންފި އެވެ.

އިޒްރޭލުގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި ނަތަންޔާހޫ ބޭނުން ކުރާ ޖެޓެއް ވަނީ ސައުދީގެ ސިޓީއަކަށް ދަތުރުކޮށްފަ އެވެ. މިކަން ކަށަވަރުކޮށްފައި ވަނީ ފްލައިޓް ޓްރެކް ކުރަން ބޭނުން ކުރާ ޑޭޓާއިންނެވެ. އެ ސިޓީގައި ސަލްމާން އާއި ޕޮމްޕިއޯ މަޝްވަރާތައް ބޭއްވެވި އެވެ.

މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. 

ނަމަވެސް މި ބައްދަލުވުން ވެގެން ދާނީ ނަތަންޔާރޫ އާއި ސަލްމާން އާ ދެމެދު ބޭއްވުނު ފުރަތަމަ ބައްދަލުވުމަށެވެ. އެމެރިކާއިން ބޭނުންވަނީ އިޒްރޭލާއި ސައުދީގެ ގުޅުން ރަނގަޅު ކުރާށެވެ. އެހެންކަމުން ބައްދަލުވުމުގެ މެދުވެރިއެއްގެ ދައުރު ކުޅުނީ އެމެރިކާ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތްޕުޅުން ދާދި ފަހުން ވަނީ އިޒްރޭލާއި ޔޫއޭއީ، ބަހްރެއިން އަދި ސޫދާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުވާފަ އެވެ. އެކަމަށް ސައުދީން މަރުހަބާ ކިއެވެ. އެކަމަކު ބުނެފައި ވަނީ ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ނާންނަ ނަމަ އިޒްރޭލާއެކު ގުޅުން ނުބާއްވާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް