މައި ކޮމެޓީން ރިޕޯޓު ފާސްކުރިއިރު ސަޓޯގެ ނަން ހިމަނައިފި
22 ނޮވެންބަރ 2019 - 12:02:16
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހ. ހިކޯސްޓު، އަލީ ޝާން (ސަޓޯ) އަމަލީ ގޮތުން ބައިވެރިކަމަށް ނިންމާ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ މައި ކޮމެޓީން އޭނާގެ ނަން ހިމަނައިގެން އަފްރާޝީމްގެ މައްސަލަ ދިރާސާކޮށް ނިންމާލައިފިއެވެ.

ޓޫފޯވަން ކޮމެޓީން މި މައްސަލާގައި ފުރަތަމަ ދިރާސާ ކުރުމަށް ނެގީ ތިން މެންބަރުންގެ ސަބް ކޮމެޓީއެކެވެ. އެ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ސަޓޯގެ ނަން ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހިމަނާފައި ވަނީ ހއ. ދިއްދޫ، އޯޓަމްވާދީ، އަލީ ހާޝިމް (ސްމިތު)ގެ ނަމެވެ. މި ދެ މީހުންނަކީވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އަދި މި ދެ މީހުންނަށް ސަރުކާރުން ވަނީ މަގާމުތައް ވެސް ދީފައެވެ.
އެގޮތުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މަގާމެއްގައެވެ. ނަމަވެސް މަރު ކޮމިޝަނުގެ މި ރިޕޯޓު ފެންމަތިވުމުން ސަޓޯ ވަނީ މަގާމުން ވަކިކޮށްފައެވެ. މި މައްސަލާގައި ސަޓޯ ފުރަތަމަ ސަސްޕެންޑުކުރި އިރު ދެވަނައަށް ވީ ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަލީ ހާޝިމް (ސްމިތު) އަކީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި މީހެކެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ.
ސަބް ކޮމެޓީގެ ރިޕޯޓުގައި އަފްރާޝީމްގެ މަރުގެ ކަންކަން އެކި ގޮތްގޮތުން، އެކި މިންވަރަށް އެނގިތިބެ ސިއްރު ކުރި މީހުންގެ ތެރެގައި 36 ފަރާތެއްގެ ނަން ވަނީ ހިމަނާފައެވެ. އެ މީހުންގެ ތެރޭގައި ސްމިތުގެ ނަން ހިމަނާފައިވާއިރު ދެން ހިމަނާފައިވާ މީހުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުގެ ނަން ހިމެނެއެވެ. އަދި ޝަހީމާއި މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފައެވެ.
ސަބް ކޮމެޓީން ފާސްކުރި ރިޕޯޓުގައި ސަޓޯގެ ނަން ހިމަނާފައި ނުވުމުން ސަބް ކޮމެޓީގެ މެންބަރުންނަށް ފާޑުކިއުންތައް އަމާޒުވިއެވެ. އިދިކޮޅުގެ އަގުލަބިއްޔަތު އޮންނަ މި ކޮމެޓީން އެގޮތަށް ފާސްކުރުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާލާ ފާސްކޮށްފައި ވަނީ އެ ދެ މެންބަރުންނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ރޭގެ ކޮމެޓީގައިވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ.
ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިޕޯޓު ދިރާސާކުރަން އެކުލަވާލި ސަބް ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ސަބް ކޮމިޓީއާ ހަވާލުކުރެވުނު މަސައްކަތުގައި ޑރ. އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ނަންތައް ހިމެނުން ނެތް ކަމަށެވެ.
ނަމަވެސް ސަބް ކޮމެޓީގެ ރިޕޯޓުގައި ޖިނާއީ ކުށެއް ހިންގާފައިވާ އެންމެހާ ފަރާތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ހިމަނާފައި ވާނެ ކަމަށާއި، އެހެންކަމުން އެމީހުންގެ ތެރޭގައި ސަޓޯގެ ނަން ވެސް ހިމެނޭނެ ކަމަށެވެ.
ސަޓޯގެ އިތުރުން ދެން މަރުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހިމަނާފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އާއި އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި، އެ ރޭ ޑރ. އަފްރާޝީމަށް ހަމަލާދިން ވަގުތު ކްރަސްޓީޒް ރެސްޓޯރަންޓުގައި ތިބެ ހަމަލާގައި ބައިވެރިވި މީހުންނާއި އަދި ފުންވިލުގޭ ސިޑިމަތީގައި ހަރަކާތްތެރިވި މީހުންނެވެ.
މި އެންމެނާ މެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެން މިވަގުތު ތިބި ތަންތަނާއި އެމީހުން ކުރަމުންދާ މަސައްކަތްތައް ކޮމިޓީއަށް ހޯދުމަށް ވެސް ހިމަނައިފައިވެއެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގު ނިންމާފައިވަނީ އަފްރާޝީމްގެ މަރަކީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތަކުން އަޑީގައި ހުރެ ކޮށްފައިވާ އަމަލެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް