ކޮޗިން އިން މާލެއަށް ކުރާ ހާއްސަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ ފަހު ހަތަރު ދުވަހު ކަމަށްވާ އިރު، އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 1576 ރުފިޔާ އަށެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އިންޑިއާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ އިރު، އެ ގައުމުގެ ހަތަރު އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުކުރަމުންދެ އެވެ. އެއީ އިންޑިއާގެ "ގޯ އެއާ" އާއި، ސްޕައިސްޖެޓް އާއި، އިންޑިގޯގެ އިތުރުން އެއާ އިންޑިއާ އެވެ.
ބޯޑަރު ހުޅުވާލި ފަހުން ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މި މަހުގެ 19 ގެ ނިޔަލަށް އިންޑިއާ އިން 5،449 ފަތުރުވެރިން އައިސްފައިވެ އެވެ.