ads
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
ރިޕޯޓު ފާސްކުރީ އަޅުގަނޑު އެކަންޏެއް ނޫން: ހަސަން ލަތީފް
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން ރިޕޯޓު ފާސްކުރީ ކޮމެޓީގެ ކޯރަމް ހަމަވެގެންކަމަށާއި، އެ ކޮމެޓީ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންނެވިކަމަށް، އެ ކޮމެޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
Advertisement
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ ސަބް ކޮމެޓީން ރިޕޯޓު ފާސްކުރީ ކޮމެޓީގެ ކޯރަމް ހަމަވެގެންކަމަށާއި، އެ ކޮމެޓީ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންނެވިކަމަށް، އެ ކޮމެޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓު ދިރާސާ ކުރުމަށް ބޭއްވި ސަބްކޮމެޓީގެ ދެ ބައްދަލުވުމުގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިކަމަށެވެ.

އަދި އިދިކޮޅު މެމްބަރުންގެ އެދިލެއްވުމުގެ މަތިން ސަބް ކޮމެޓީ ސިއްރު ކުރީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި މަސައްކަތް ކޮށްދެއްވީ އިދިކޮޅު މެމްބަރުންގެ ޙިޔާލާ ފިކުރާއި އެއްގޮތަށް ކަމަށް ވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ކޮމެޓީއެއްގައި ކަން ހިނގައި ދިޔަ ގޮތާއި މުޅިން ޙިލާފަށް މެމްބަރުން ވާޙަކަ ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އަދި 241 ކޮމެޓީގެ މިރޭގެ ޖަލްސާ ލައިވްކޮށްގެން ކުރިއަށް ގެންދާތީ އެ ކޮމެޓީގައި ކަން ހިނގިގޮތް ހާމާކޮށްދެއްވީ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ރިޕޯޓާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ސަބް ކޮމެޓީން ރިޕޯޓު ފާސްކުރީ ހަސަން ލަތީފް އެކަނި ހުންނަވައިގެން ކަމަށް ވިދާޅުވާ ވިދާޅުވުމަކީ ދޮގެއް ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެޓީގެ އެއްވެސް ރިޕޯޓަކީ ކޮމެޓީގެ ހުރިހާ މެމްބަރުން ސޮއި ކުރަންޖެހޭ ރިޕޯޓެއް ނޫން ކަމަށް ވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ ސަބް ކޮމެޓީއެއްވިޔަސް އަދި ކޮމެޓީއެއްވިޔަސް ސޮއި ކުރާނީ ހަމައެކަނި މުގައްރިރު އެކަނި ކަމަށެވެ.

އެހެންކަމުން އެ އުސޫލުގެ ދަށުން ސަބް ކޮމެޓީގެ އެ ރިޕޯޓުގައިވެސް އޭނާ ސޮއި ކުރީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮމެޓީގެ ނިއްމުން ނިއްމާ އުސޫލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ވޯޓަށް އަހައިގެން ނުވަތަ އިއުތިރާޒް ކުރާ މެމްބަރަކު ނެތް ކަމުގައި ވަނީ ނަމަ އެއީ އެއްބަސްވީ ކަމަށް ނިއްމާ ނިއްމުމެއް ކަމަށެވެ.

އަދި އެ ކޮމެޓީގައި ހިނގައިދިޔަ ހުރިހާ ކަމަކަށް އެއްބަސްވެވަޑައިގެންނެވުމަށް ފަހު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ނިކުމެ ވަޑައިގެންނެވީ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ކޮމެޓީގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެއްކެވުމުގެ އެއްވެސް ޖާގައެއް ނޯންނާނޭ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އަދި ސަބް ކޮމެޓީގެ ރިޕޯޓުގައި ހާރިޒީވެސް އެޓޭޗް ކުރެވިފައިވާނޭ ކަމަށާއި މިހާރު މައި ކޮމެޓީއަށް އެ ރިޕޯޓް ފޮނުވާފައިވާނޭ ކަމަށް ހަސަން ލަތީފް ވިދާޅިުވިއެވެ.

މެމްބަރު ހަސަން ލަތީފް ވަނީ އިދިކޮޅުން އޭނާއާއި ދޭތެރޭ ކުރާ ދޮގު ތުހުމަތުތައް އާންމު ރައްޔިތުންނަށް މިރޭ ބޭއްވުނު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ސާފުކޮށްދެއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް