ads
ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)
ސަޓޯ ވަޒީފާއިން ވަކިކޮށްފި
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ބައިވެރިވުން އޮތް ކަމަށް އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހާމަކުރުމާ ގުޅިގެން މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި ޝާން އަދާކުރަމުން ގެންދިޔަ ވަޒީފާ އިން އޭނާ ބުދަ ދުވަހު ވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
Advertisement
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ބައިވެރިވުން އޮތް ކަމަށް އެ މައްސަލަ ބެލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ހާމަކުރުމާ ގުޅިގެން މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި ޝާން އަދާކުރަމުން ގެންދިޔަ ވަޒީފާ އިން އޭނާ ބުދަ ދުވަހު ވަކިކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަމަވެސް ކުރިން އަޑުފެތުރުނީ އޭނާ ވަޒީފާއިން ސަސްޕެންޑުކުރިކަމަށެވެ.

އެހެންނަމަވެސް ކުއްލި ގޮތަކަށް މަރު ކޮމިޝަނުގެ ރިޕޯޓު ދިރާސާ ކުރި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން މިވަނީ ކޮމިޓީން ފިޔަވަޅު އަޅަން ބޭނުންވާ ފަރާތްތަކުގެ ލިސްޓްގައި ސްމިތުގެ ނަން ހިމަނާފަ އެވެ. ނަމަވެސް ޑރ. އަފްރާޝީމްގެ މަރުގައި ހުމާމަށްފަހު އެންމެ ބޮޑު ތުހުމަތެއް ކުރެވޭ އަލީ ޝާން ނުވަތަ ސަޓޯގެ ނަން ކޮމިޓީން ފިޔަވަޅު އަޅާ ލިސްޓްގައިނެތެވެ.

ޖީއެމްޒެޑްއައިއެލްގެ އޮފިޝަލަކު ވަނީ ޝާން ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަން މިއަދު އޭނާއަށް އަންގާފައިވާ ކަން ޔަގީންކޮށްދެއްވާފަ އެވެ.

ޖީއެމްޒެޑްއައިއެލްގައި ޝާން އަދާ ކުރަމުން ދިޔައީ ތިލަފުށީ ސައިޓް ސުޕަވައިޒަރެއްގެ މަގާމެވެ.

ޝާން އަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން ސިޔާސީ އިސް ބޭފުޅުންނާ ގާތްގުޅުމެއް އޮންނަ މީހެކެވެ.

މަރު ރިޕޯޓްގައި ވަނީ ޑރ. އަފްރާޝީމާ ދީނީ ގޮތުން ހިޔާލު ތަފާތުވާ ބަޔަކު، އޭނާ އަވަހާރަކޮށްލުމަށް ހަވާލުކޮށްފައިވަނީ ކުރިން ސިފައިން ގޭގައި މަސައްކަތް ކުރި އަޒްލިފް ރައޫފަށެވެ. އޭނާ އަކީ މިހަމަލާގެ މޭސްތިރިޔާ ކަމަށް ކޮމިޝަނުން ގަބޫލުކުރެ އެވެ. އަޒްލިފް ރައޫފް ވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭގެފަހުން އޭނާ މަރުވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ޑރ. އަފްރާޝީމަށް ހަމަލާދީފައިވަނީ ހ. ލޮބީ، ހުސައިން ހުމާމް އެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ. އަފްރަޝީމަށް ހަމަލާދިނުމުގައި ޝާން ވެސް ހުމާމާ އެކު ބައިވެރިވެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ނަމަވެސް ޝާންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވުމުގެ ސަބަބުން އޭނާ ވަނީ ކްރިމިނަލް ކޯޓު މަރުހަލާ އިން ސަލާމަތްވެފަ އެވެ. އޭގެ ފަހުން ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ. މީގެއިތުރުން އޭރު އުމުރުން 18 ނުފުރޭ ކުޑަ ކުއްޖަކަށް ވެސް މިމައްސަލައިގައި ދައުވާކުރި އެވެ. އޭނާގެ ބައިވެރިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް ކޮމިޝަނުން ގަބޫލުކުރެ އެވެ.

ޑރ. އަފްރާޝީމް އަލީ މަރާލުމުގައި އިތުރު ބަޔަކުވެސް ބައިވެރިވެފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. ނަމަވެސް އެމީހުން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް