ads
އަފްރާޝީމްގެ މަރުގެ މައުލޫމާތު ލިބުނު އިންޓެލް ފުލުހަށް ފިޔަވަޅު އަޅަން އެދެފި
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެމަރާ ގުޅޭ އިންޓެލް މައުލޫމާތު ލިބުނު ފުލުހުންގެ އިންޓެލް އޮފިސަރަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން އެދެފިއެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި އެމަރާ ގުޅޭ އިންޓެލް މައުލޫމާތު ލިބުނު ފުލުހުންގެ އިންޓެލް އޮފިސަރަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން އެދެފިއެވެ.

މިކަން ހާމަވެފައިވަނީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި، މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ކޮމިޝަނުން ފޮނުވި ރިޕޯޓް ދިރާސާ ކުރުމަށް އުފެއްދި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ސޯޝަލްމީޑީއާގައި ލީކްކޮށްލުމުންނެވެ.

އެ ރިޕޯޓްގައި، މައްސަލަ ދިރާސާ ކުރި ސަބްކޮމިޓީން އެ މައްސަލައިގައި އެޅުމަށް އެދިފައިވާ ފިޔަވަޅުތަކުގެ ހިމަނާފައުވެ އެވެ. އެގޮތުން ސަބް ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓްގައި، ފުލުހުންގެ އިންޓެލް އެނަލިސްޓް އިބްރާހިމް ރިފްއަތު (ސ.ނ 3246) އަށް އެމަރާ ގުޅޭ އިންޓެލް މައުލޫމާތު ލިބި އޭނާ އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ހާމަވާ ކަމަށެވެ. އެހެން ކަމުން އެކަމުގައި އޭނާ އަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ވަނީ އެދިފައެވެ.

އަދި ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅިގެން ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއި، ފުލުހުން ފާހަގަ ކޮށްފައިހުރި ކަންކަމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ ތަހުގީޣު ހިންގާފައިވާ ގޮތުގެ މައުލޫމާތު ދެނެގަންނަން ޖެހޭކަމަށް ވެސް ސަބް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް