އިންޑިއާގައި ފުޓްބޯޅައިގެ ފޯރި އެންމެ ގަދަ ކޮލްކަތާއަށް ނިސްބަތްވާ މި ދެ ޓީމުގެ މެޗުތަކަކީ ޒަމާނުއްސުރެ އިންޑިއާގައި އެންމެ ފޯރި ގަދަ އަދި އެންމެ ވާދަވެރި މެޗެވެ. އިންޑިއާގެ އިތުރުން އޭޝިއާ ބައްރުގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ފާހަގަކޮށްލެވޭ ކުރިމަތިލުން ތަކެކެވެ.
މޯހަން ބަގާއިން އީސްޓް ބެންގޯލް ބަލިކުރި މެޗުގައި މޯހަން ބަގާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރޯއީ ކްރިޝްނާ އަދި މަންވީރު ސިންގް އެވެ. އެ މެޗާއި އެކު މޯހަން ބަގާން މިއަހަރުގެ ސުޕަ ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވީ އެވެ.
މޯހަން ބަގާންއަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ ޓީމެކެވެ.