ads
ޑރ. އިބްރާހީމް އުމަރު މަނިކަށް ކޮކާކޯލާއިން ތައުޒިޔާ ފޮނުވުން--
ކޮކާކޯލާ އިން ޑރ. މަނިކްގެ އާއިލާއަށް ތައުޒިޔާ ކިޔައިފި
ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވުމުން އެމަނިކުފާނުގެ އާއިލާ އަށް ކޮކާކޯލާ ކޮމްޕެނީ އިން ތައުޒިޔާ ކިޔައިފި އެވެ.

ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއި އެކުގައި ކަމަށާއި އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކާއި އެކު ހިތާމައިގައި ބައިވެރިވާ ކަމަށް ކޮކާ ކޯލާގެ ތައުޒިޔާގެ މެސެޖުގައި ބުނެފައިވެ އެވެ.

ކޮކާ ކޯލާ ކުންފުނީގެ އެމްބެސަޑަރެއް ކަމަށްވާ ޑރ. އިބްރާހިމް އުމަރު މަނިކަކީ ވަޑައިގެންނެވި ކޮންމެ ތަނަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނެވި، މުޖުތަމައުގެ ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަކޮށް، އެ ކުންފުނިން ބުނީ އެމަނިކުފާނަކީ އެތައް ވިޔަފާރިތަކެއް ކުރިއަރައިގެން ދިއުމަށް މަގުފަހިކޮށްދެއްވި ދުރުވިސްނޭ، ހިތްހެޔޮ ބޭފުޅެއް ކަމަށެވެ.

ޔުނިވާސަލްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު ކަމަށްވާ ޑރ. އިބްރާހީމް އުމަރު މަނިކު، އުމުރުފުޅުން 68 އަހަރުގައި އަވަހާރަވެފައިވާ އިރު، ދުނިޔޭގައި އަނބިކަނބަލަކާއި، ދެ ބޭފުޅުން އެބަ ތިއްބެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް