ads
ސަބް ކޮމެޓީގެ މުގައްރިރަކަށް އިންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ / މަޖިލިސް
ސަބް ކޮމިޓީގެ ރިޕޯޓު އެކުލަވާލީ ހަސަން ލަތީފް އެކަނި!
ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން އެކުލަވާލި ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާލީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް އިންނަވައިގެންކަން ހާމަވެއްޖެއެވެ. އެ މެންބަރަކީ ސަބް ކޮމެޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ޑރ. އަފްރާޝީމް އަވަހަރާކޮށްލި މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ)އިން އެކުލަވާލި ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާލީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންގެ ތެރެއިން އެންމެ މެންބަރެއް އިންނަވައިގެންކަން ހާމަވެއްޖެ އެވެ. އެ މެންބަރަކީ ސަބް ކޮމެޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މިމައްސަލަ ފުރަތަމަ ތިލަވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިންނެވެ. އެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 241 ކޮމިޓީގެ ސަބް ކޮމެޓީގެ ރިޕޯޓު ވަރަށް އަވަހަށް މައި ކޮމިޓީން ދިރާސާކޮށް ނިންމާލާނެ ކަމަށެވެ. އަދި ސަބް ކޮމެޓީގެ ރިޕޯޓުގައި ޖަމިއްޔަތުއް ސަލަފަކީ ޓެރަރިޒަމަށް ވާގިދޭ ޖަމިއްޔާއެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސަބް ކޮމިޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއްތޯ ބެލުމުގެ މަސައްކަތް ބައެއް މީހުން ކުރި އެވެ. އެގޮތުން އެނގިގެން ދިޔައީ ސަބް ކޮމެޓީގައި ތިއްބަވަނީ ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކަމެވެ. އަދި ބައެއް މީޑިއާތަކުގައި ސަބް ކޮމިޓީގެ ރިޕޯޓު އެކުލަވާލީ އިދިކޮޅު މެންބަރުންގެ އަގުލަބިއްޔަތު އޮތް ސަބް ކޮމެޓީއަކުން ކަމަށް ބުނެ ހަބަރުތައްވެސް ފެތުރި އެވެ.

މިކަމާ ގުޅިގެން "ސީއެންއެމް"އާ ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ސަބް ކޮމިޓީގެ ބައްދަލުވުން ބޭއްވީ އެންމެ ތިން ފަހަރު ކަމަށެވެ. އަދި ސަބް ކޮމިޓީގެ، ކޮމިޓީ ރިޕޯޓު އެކުލަވާލި ބައްދަލުވުމަށް އޭނާ ވަޑައިނުގަންނަވާ ކަމަށެވެ. އޭގެފަހުން ކުރެއްވި ޓްވީޓެއްގައިވެސް އާދަމް ޝަރީފް ވަނީ އޭނާއަށް ތުހުމަތު ކުރެވޭ ކަންކަން ދޮގު ކުރައްވާފަ އެވެ. އެގޮތުން އެ ރިޕޯޓަށް ވޯޓު ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަބް ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައި ވެސް ނުވާ ކަމަށެވެ.

ދެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަބް ކޮމިޓީގެ، ކޮމިޓީ ރިޕޯޓު އެކުލަވާލުމަށް ބޭއްވި ކޮމެޓީގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. ސަބް ކޮމިޓީގެ، ކޮމިޓީ ރިޕޯޓު ތައްޔާރު ކުރައްވާފައިވަނީ އެ ކޮމެޓީގެ އެންމެ މެންބަރެއް އިންނަވައިގެން ކަމަށް ހުސައިން ވެސް ވަނީ ވިދާޅުވެފަ އެވެ.

އާއްމު ގޮތެއްގައި މަޖިލީހުގެ މައި ކޮމެޓީއެއް ވިޔަސް އަދި ސަބް ކޮމިޓީއެއް ކަމުގައިވީ ނަމަވެސް ވޯޓަށް އެހޭނީ އެ ކޮމިޓީއަށް މެންބަރުން ހާޒިރުވުމުންނެވެ. ސަބް ކޮމެޓީގެ، ކޮމިޓީ ރިޕޯޓުގެ ކޮޕީއެއް "ސީއެންއެމް"އަށްވެސް ވަނީ ލިބިފަ އެވެ. އެ ރިޕޯޓުން އެނގިގެން ދިޔައީ ސަބް ކޮމިޓީ ރިޕޯޓުގައި މެމްބަރުންގެ ހާޒިރީގެ ތަފްސީލް ހިމެނޭ ކަމަށް ބުނެފައިވީ ނަމަވެސް އެ ތަފްސީލެއް ނެތް ކަމެވެ.

ރިޕޯޓުގައި ބުނެފައިވަނީ "ޖަދުވަލު 1"ގައި ހާޒިރީ އޮންނާނެ ކަމަށެވެ. ނަމަވެސް ކޮމިޓީ ރިޕޯޓުގައި 16 ގަނޑު ހިމެނޭއިރު އެއިން އެއްވެސް ގަނޑެއްގައި އެ ދަންނަވާ "ޖަދުވަލު 1" ފެންނާކަށް ނެތެވެ. އަދި އެ ރިޕޯޓުގައި ސޮއި ކުރައްވާފައިވަނީ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް އެކަންޏެވެ. ރިޕޯޓު ސަބް ކޮމިޓީން ފާސްކުރި ގޮތުގެ ވޯޓުގެ ތަފްސީލެއް ވެސް ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް