ހައުސިން މިނިސްޓްރީން ބުނީ ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެންވާ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އަދި ކޮވިޑް-19 ގެ ހާލަތް ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުން ކަމަށްވެސް ބުނެފައިވެ އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިސްކިތް ހުޅުވާނެ ތާރީހު ލަސްކުރެވުނު ކަމަށާއި، މިސްކިތް ހުޅުވާނެ ތާރީހަކާމެދު އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފޮރިންގް އެފެއާޒް ގުޅިގެން ސައުދީ ސަރުކާރާ މަޝްވަރާކުރަމުން ދާކަމައްވެސް ހައުސިން މިނިސްޓްރީިން މައުލޫމާތުގެއެވެ.
އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރައް އަރާނެއެވެ.
ފަސް ފަންގިފިލާއަށް އިމާރަތްކޮށް ނިމިފައިވާ ކިންގް ސަލްމާން މިސްކިތުގެ ހުރިހާ ފަންގިފިލާއެއްގައި ވެސް ވަނީ ކާޕެޓް އަޅާފައެވެ. އަދި މިހާރު މިސްކިތު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި މިސްކިތް ވަނީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.
މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެއެވެ.