ads
ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުނަށް ސައިން ލޭންގުއެޖް ޓްރެއިނިން ދެނީ
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނުކުޅުދުންތެރިކަން ހުންނަ މީހުންނާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައެއް ހަރަކާތްތައް ހިންގައިފިއެވެ.

މި ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑީވްސް ޑެފް އެސޯސިއޭޝަނަށް ބީއެމްއެލްއިން ވަނީ 30،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. އަދި އެ ޖަމިއްޔާގެ މެންބަރުންވަނީ ބީއެމްއެލްގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފައެވެ.

މީގެ އިތުރުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.

މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއަވެސް ހަދިޔާކުރުން ހިމެނޭކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެ އެވެ.

މިއަހަރު ޖަނަވަރީ މަހު ބީއެމްްއެލްއިން ވަނީ ރާއްޖޭގެ 10 ސްކޫލެއްގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 300 އެއްހާ ކުދިންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ހާއްސަ ތަކެތިވެސް ހަދިޔާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް