ads
ރައްޔިތުންގެ މަޖިލިސް--
މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މިއަދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބޭއްވުމަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ ހަވީރު 04:30 އަށެވެ. 

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މާލީ ސެކިއުރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ލާމަރިކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި، ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ސައްހަ ނޫން މައުލޫމާތު ދީފައިވާތީ އެކަން އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށް ވަނީ މަޖިލީހުގެ މިދައުރު ދަންމާލާފަ އެވެ. އެގޮތުން ދައުރު ދަންމާލައިފައިވަނީ ޑިސެމްބަރު ހަވަނަ ދުވަހަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް