ads
ފޮޓޯ: ސަން އެމްވީ
ދީނީ ހަރުކަށި ފިކުރުގެ ބަޔަކާ އެއްވެސް ގުޅުމެއް ނެތް: ޖަމިއްޔަތުއްސަލަފް
ދީފީ ހަރުކަށި ފިކުރުގެ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.
Advertisement
ދީފީ ހަރުކަށި ފިކުރުގެ އެއްވެސް ބަޔަކާ ގުޅުމެއް ނެތް ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.

ޖަމިއްޔަތުއްސަލަފުން މިހެން ބުނެފައި މިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރައީސް އުފެއްދެވި މަރު ކޮމިޝަނުން ތައްޔާރުކޮށް ނެރެފައިވާ ރިޕޯޓްގައި ސަލަފަށް ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ނެރެފައިވާ ބަޔާނެއްގަ އެވެ.

ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ނެރުނު ރިޕޯޓްގައި ތަހުގީގު ހިންގާފައިވާ ކަމަށް ބުނާ މައިގަނޑު 4 މިސްރާބުގެ ހުލާސާ ކަމުގައިވާ ސިޔާސީ މިސްރާބާއި، ދީނީ ހިޔާލު ތަފާތުވުމުގެ މިސްރާބަށް ބެލިޔަސް، އެއިން އެއްވެސް ސިޔާސީ ޖަމާއަތަކާވެސް އަދި ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާ ވެސް ޖަމިއްޔަތުއްސަލަފާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަން ކޮމިޝަންގެ ރިޕޯޓަށް ބެލުމުން އެނގޭ ކަމަށްވެސް ބުނެފައިވެ އެވެ.

ސަލަފުން ބުނީ މަރު ކޮމިޝަންގެ ރިޕޯޓްގައި ސިޔާސީ ޕޯޑިއަމްތަކާއި ސިޔާސީ ފަރާތްތަކުން ޑރ. އަފްރާޝީމް އަލީ އަށް ދެމުން ގެންދިޔަ ބަހުގެ ހަމަލާތަކާއި، ޑރ. އަފްރާޝީމްގެ ހަށިކޮޅަށް އަމާޒުކޮށް ހިންގާފައިވާ ހަރަކަތްތަކުން ނަޒަރު އެއްކިބާކޮށް އެމައުލޫއާއި މެދު ވާހަކަ އޮއްބާލާފައިވާ ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ އިބްރާހިމީ މިސްކިތުގައި ހުކުރު ކުރެއްވުމަށްފަހު ނިކުންނެވުމުން ޑރ. އަފްރާޝީމަށް ހަމަލާދިނީ ސަލަފުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ތުނބުޅިޔާ މެދު ޑރ. އަފްރާޝިމް ދެއްކެވި ވާހަކައަށް ސަލަފުން ރައްދުދީ ގަރާރެއް ނެރުނު ކަމަށް ބުނުމަކީވެސް ކަނޑައެޅިގެން ދޮގެއް ކަމަށްވެސް ސަލަފުގެ ބަޔާނުގައިވެ އެވެ.

އެކަންކަމުގައި ސަލަފް ޖަމިއްޔާއާ ސުވާލުކުރުމެއް ނެތި ސަލަފާ މެދު ދޮގު މައުލޫމާތު ހިމެނުމަކީ މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ރިޔާސަތުގައި އިންނަވައިގެން ހިންގަވާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ "ހުތުރު" އަމަލެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އެކަންކަމުގެ ސަބަބުން މަރު ކޮމިޝަންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށްވެސް ސަލަފްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މަރު ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަާ ހަރުކަށި ފިކުރުގެ މީހުންނަކީ ރާއްޖޭގެ އިލްމުވެރީންގެ ލަފާގެ ދަށުން މަސައްކަތްކުރާ ބައެއް ނޫން ކަމަށެވެ. މަރު ކޮމިޝަންގެ ރިޕޯޓްގައި "ހީލަތްތެރި ގޮތަކަށް" ސަލަފްގެ ބައެއް އިލްމުވެރިންގެ ނަން ހިމެނުމުގެ ބޭނުމަކީ "ލާދީނީ" އެމްޑީއެން ފަދަ ޖަމިއްޔާތަކުގެ ފިކުރަށް އޮތް ހުރަހަކީ ސަލަފް ކަމަށް ވުމުން، ސަލަފްގެ ހަރަކާތްތައް ހުއްޓުވާލުން ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް